މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިިލޭޓަރ

އެގްޒާމް އިންވިޖިލޭޓަރ

 

                  މި އޮތޯރިޓީގެ ފަރާތުން ގަމުގައި ހުންނަ އޭވިއޭޝަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭ.އޭ.އޭ) ގައި ހިންގާ އިމްތިހާނުތައް ސުޕަވައިޒްކުރުމަށްޓަކައި އިންވިޖިލޭޓަރުން ބޭނުންވެއެވެ.

 

އުޖޫރު ދެވޭނެގޮތް

ނަގައިދޭ ކޮންމެ އިމްތިހާން ސެޝަނަކަށް -/500 ރ

ފެންވަރު ނުވަތަ ޝަރުތު

- ދިވެހި ރައްޔިތަކަށްވުން

- އުމުރުން 18 އަހަރު ފުރިފައިވުން

- އިންވިޖިލޭޓަރުންގެ މަސްޢޫލިޔަތު އެނގިފައިވުން

- އިމްތިހާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން

- އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

- މަސައްކަތާ ގުޅޭ ތަޖުރިބާ ކުރިން ލިބިފައިވުން

- މެދުމިންވަރަކަށް އައި.ޓީ މަސައްކަތް ކުރުމުގެ ޤަބިލިއްޔަތުކަން ހުރުން

- އިދާރީ މަސައްކަތް ކުރުމުގެ ޤާބިލިއްޔަތުކަން ހުރުން

- ގިނަ ވަގުތު މަސައްކަތުގައި އުޅުވޭނެ މީހެއް ކަމުގައިވުން

މަސައްކަތް ކުރަންޖެހޭ ގަޑިތައް

އިމްތިހާން ބޭއްވުމަށް އިމްތިހާން ޓައިމްޓޭބަލްގައި ޝެޑިއުލް ކުރެވިފައިވާ ގޮތުގެ މަތިން ބޭއްވޭ ގަޑިތައް

މަސްޢޫލިއްޔަތު

އިމްތިހާން އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލު ބެލެހެއްޓުމާއި މި ނޫންވެސް ކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް މި އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ކުރުން

އިތުރު މަޢުލޫމާތު

- މަޤާމަށް ހޮވޭ ފަރާތުން މާލެއަށް އެކި ފަހަރު މަތިން ދަތުރުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް

- އެ މަހެއްގެ މުސާރަ ދެވޭނީ މަޤާމަށް ހޮވޭ ފަރާތުގެ ޓައިމްޝީޓްތައް ކޮންމެ މަހަކު ފޮނުވުމުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

 23 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

- އިންވިޖިލޭޓަރކަން ކުރެއްވުމަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

- ދިވެހި ރެއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

18 އޮކްޓޫބަރު 2017
ހޯދާ