މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މިމިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް ގުޅިގެން ތައްޔާރު ކޮށްފައިވާ ވޮޝް ޕެކޭޖް ލޯންޗްކުރުމުގެ އިވެންޓް ވެލާނާގެތިރީ ކޮރިޑޯގައި ބޭއްވުމަށްހަމަޖެހިފައިވުމާއެކު، މިއިވެންޓް ބެކް ޑްރޮޕް ހެދުމާއި ސައުންޑާއި އިވެންޓް މެނޭޖުކުރުން އަދި ރިފްރެޝްމަންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 10:00 ށް

2017 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 10:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341455, 3341436  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

18 އޮކްޓޫބަރު 2017
ހޯދާ