ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

c

ހަނިމާދޫ ސްކޫލް                              

ހދ. ހަނިމާދޫ، ދިވެހިރާއްޖެ                         

       

ނަންބަރ: GS60(B)/2017/33

އިޢުލާނު

 

ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

              

            މިސްކޫލަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރ GS60(B)/2017/031 (11 އޮކްޓޯބަރ 2017) އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު ރަނގަޅު ފެންވަރުގެ ގެއެއް (މަދުވެގެން 2 ކޮޓަރީގެ) ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރ 23 ވަނަ ދުވަހުގެ 10:00އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. 

            އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރ 6520533 ފޯނަށް ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            28 މުޙައްރަމް 1439                           

           18 އޮކްޓޯބަރ 2017                 

 

18 އޮކްޓޫބަރު 2017
ހޯދާ