ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ކޮނޑޭ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސުކޫލުއިން ދޭ މަޢުލޫމާތުތަކާ އެއްގޮތަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސުކޫލުގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

26 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 12:00 އަށް

02 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 12:00 އަށް

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލު ކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި 6820097 ފޯނަށް ގުޅުއްވުން އެދެމެވެ. 

18 އޮކްޓޫބަރު 2017
ހޯދާ