މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސަޕްލައި އޮފް ވޯރކިން ކްލޯތްސް

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތުޢުލާން

 

މިކުންފުންޏަށް ތިރީގައި ތަފްސީލްކުރެވިފައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

Color

UoM

Qty

Description

.No

Black

Nos

695

Safety shoes (high quality) 

1

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު؛ 

  • އަގު: ހުށަހަޅާ އަގު ވާންވާނީ މިކުންފުނީގެ ހެޑް އޮފީސް ސައިޓަށް މިތަކެތެ ފޯރުކޮށްދެވޭނެ އަގަށެވެ. މީގެ އިތުރުން ކޮންމެ އައިޓަމެއްގެ އަގު ހުށަހަޅަން ވާނީ ވަކި ވަކި ކޯޓޭޝަންގެ ގޮތުގައެވެ. ކޮންމެ ކޯޓޭޝަނެއްގައި ވެސް ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަން ވާނެއެވެ.
  • ސާމްޕަލް: ހުށަހަޅާ އަގާ އެކީ ތަކެތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.
  • ފޯރުކޮއްދެވޭނެ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ.
  • ޓެކްނިކަލް މަޢުލޫމާތު: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަޢުލޫމާތު ހިމަނަންވާނެއެވެ.
  • ޕޭމަންޓް ޓަރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓާރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނެ ފަރާތެއްގެ ނަން، މަގާމް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެއެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު އެމް.ޑަބްލިއު.އެސް.ސީ އަށް ލިބިގެންވެއެވެ. އަދި ހަމަމިއާއެކު މި އިޢުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3209 332 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އަށެވެ.

މަޢުލޫމާތު ސާފުކުރުން:

މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.

ކޯޓޭޝަން ހުޅުވުން:

ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހު 11:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) ގައި، ކޯޓޭޝަން ހުށްހަޅުއްވާ ފަރާތްތްކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަނެއް ބާތިލްކުރެވޭނެއެވެ.

ކޯޓޭޝަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

 

        ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

       މާލޭ ވޯޓައ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް    

       "ސަޕްލައި އޮފް ވޯރކިން ކްލޯތްސް"

 

ވީމާ، މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 26 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހު 11:00 އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

17 އޮކްޓޫބަރު 2017
ހޯދާ