ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް

 

ހުޅުދެލީސްކޫލް

ދ. ހުޅުދެލި

ދިވެހިރާއްޖެ                                          ނަންބަރު: GS-171/IUL/2017/17

އިޢުލާން

       

 މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

                2018 ވަނައަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26  އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30ގައި މިސްކޫލް އޮފީހަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮކްޓޫބަރު 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ކުއްޔަށް ދޫކުރާ ގެއަކީ މިދަންނަވާ ޝަރުތުތައް ފުރިހަމަވެފައިވާ ގެއަކަށް ވާންވާނެއެވެ.

  1. ވަކިން ދިރިއުޅެވޭނެ ފަދަ ގެއަކަށް ވުން.
  2.  2 ނިދާކޮޓަރި (ފަރުނީޗަރާއި)
  3. ފާޚާނާ ( ފާޚާނާގެ ފިޓިންގސް އާއި އެކު )
  4. މަދުވެގެން 1 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން
  5. ސިޓިންގރޫމް ( ފަރުނީޗަރާއި އެކު )
  6. ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން
  7. ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  8. ބަދިގެ ( ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި ، ހިފައިގެންގުޅޭ ސާމާނާއެކު )
  9. ކޭބަލް ޓީވީގެ ޚިދުމަތް ލިބުން.

 

        މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

      

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

 

 

17 އޮކްޓޫބަރު 2017
ހޯދާ