ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ކަހަނބު ދޯނީގައި ކުރަން ހުރި މަރާމާތުގެމަސައްކަތްތައް ކޮށްދޭނެފަރާތެއްހޯދަންބޭނުންވެއްޖެ.

އިޢުލާން

އެސް.ޓީ.އޯ ކަހަނބު ދޯނީގައި ކުރަން ހުރި މަރާމާތުގެމަސައްކަތްތައް ކޮށްދޭނެފަރާތެއްހޯދަންބޭނުންވެއްޖެ.

 މި ކުންފުނީގެ ކަހަނބު ދޯނީގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ، މަސައްކަތުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 މަސައްކަތުގެވެރިފަރާތްސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

މަސައްކަތުގެ ތަފްސީލު:

  • ދޯނީގެ ޑެކާއި، ޑެކާއި ގުޅިފައިހުރި ފައިދޮއްތައް ނަގާ، އާ ފައިދޮއްތައް އެޅުމާއި، ޑެކުގެ ފިލާތައް އާކުރުން އަދި ބެއްދުން ތަކުގައި ހަލާކުވެފައި ހުރި ހުރިހާ ފިލައެއް ބަދަލު ކުރުމާއި، ފަހަތުކޮޅު ކައިރިފިލާ ބަދަލުކުރުމާއި، ކުރީކޮޅު ދެފަރާތުގައި އަރިމަތީ ފިލައާއި ބޯމަތީ ފިލާ އާކުރުމާއި ދޯނީގެ ފަލްކާތައް ހެދުން. މީގެ އިތުރުން މުޅިޑެކް ވަރުގަދަ ކުރުމަށް ޑެކުގެ ދިގައް ހަކި ވިއްދުން، އަދި ދޯނީގެ ހުރަހަށް އަޑީގައި 6 ދަގަޑު އެޅުން.(މި މަސައްކަތައް ގާތްގަޑަކަށް 1050 ކޮޑިފޫޓް ލަކުޑި ދާނެ ކަމަށް ލަފާ ކުރެވޭ)
  • ދޯނީގެ އޭސީ އަދި ޑީސީ ވައިރު އަޅަން ޖެހޭ ތަންތާގައި ވައިރު އަޅާއި ކަރަންޓް ސޮކެޓްތަކާއި ސުވިޗްތަކާއި ލައިޓްތައް އާކޮށް ގުޅުވުން.
  • ފްރެޝްވޯޓަރ ޕަމްޕާއި ސީވޯޓަރ ޕަމްޕްގެ ހޮޅިތައް އަޅައި ފާޚާނާ އަށާއި ބަދިގެއަށް ލޮނުފެނާއި ފްރެޝްވޯޓަރ  ވައިރިން (ހޮޅި) އެޅުން، އަދި ދޯނީގެ ބިލްޖް ހިއްކޭ ގޮތަށް ޕަމްޕުތައް ގުޅައި ފެންވައިރު ކުރުން.
  • 6 ކަޅުހަން (1000 ލިޓަރުގެ) ބެހެއްޓޭ ގޮތަށް ބެޑު ހަދާ ހަންތައް ބަހައްޓާ ފެންހޮޅި ގުޅުން.
  • ކަޅު ހަމާއި ޕްމްޕްތަކާއި ހުރަހަށް އަޅާ 6 ދަގަޑު އެސް.ޓީ.އޯ އިން ދޭގޮތައް، އަދި އެނޫން މަސައްކަތައް ބޭނުންވާ ހުރިހާ ތަކެއްޗެއް މަސައްކަތް ކުރާ ފަރާތުން ހޯދާ ގޮތަށް.

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2017 އޮކްޓޯބަރ 18 ވާ ދުވަހު 1100 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުންރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 އޮކްޓޯބަރ 18 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުންރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 އޮކްޓޯބަރ 18 ވަނަ ދުވަހު 1600 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް  ކ.ތިލަފުށީ އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ޖެޓީގައި އޮތް ކަނހަނބު ދޯނީގައި އޮންނާނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 އޮކްޓޯބަރ 22 ވަނަ ދުވަހު 0900 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344196 / 3344321

ފެކުސް:  3344633

އީމެއިލް: [email protected]

                 

16 އޮކްޓޯބަރު 2017

16 އޮކްޓޫބަރު 2017
ހޯދާ