ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

 

ގެއެއް ކުއްޔަށް ހިފުން

          2018 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ގޮތަށް ގެއެއް ކުއްޔަށް ހިފުމަށް އިޢުލާންކުރަމެވެ.  

  • 3 ނިދާކޮޓަރި ( ފަރުނީޗަރާއި)
  • ފާޚާނާ ( ފާޚާނާގެ ފިޓިންގސް އާއި އެކު )
  • މަދުވެގެން 2 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން
  • ސިޓިންގރޫމް ( ފަރުނީޗަރާއި އެކު )
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން
  • ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ބަދިގެ ( ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި ، ހިފައިގެންގުޅޭ ސާމާނާއެކު )
  • ގޭތެރޭ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.

ވީމާ، ގެ ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވިލުފުށީ ސްކޫލުގެ އޮފީސް

23 އޮކްޓޯބަރ 2017

ހޯމަ

10:30

އަންދާސީހިސާބު ހުށަހެޅުން

ވިލުފުށީ ސްކޫލުގެ އޮފީސް

26 އޮކްޓޯބަރ 2017

ބުރާސްފަތި

10:30

            ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

                              22 މުޙައްރަމް 1439

                               12 އޮކްޓޯބަރ 2017

12 އޮކްޓޫބަރު 2017
ހޯދާ