މަޤާމް:
|
ލީގަލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J- 289989
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
CS 9-2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް
|
ސެކްޝަން
|
ޕޮލިސީ ޕްލޭނިންގ އެންޑް މޮނިޓަރިންގ ޑިވިޜަން
|
މަޤާމު އޮތް އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
މުސާރަ:
|
މަހަކު -/10020 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/3600 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެންމެހާ ތަންތަނަށް ބޭނުންވާ ޤަވާޢިދުތަކާއި ގައިޑްލައިންތައް އެކުލަވާލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މިނިސްޓްރީއާއި ގުޅުންހުރި ޤާނޫނުތައް ބަލައި، ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ތަކުގައި އެހީތެރިވެދިނުން.
- މިނިސްޓްރީގެ ދަށުގައިވާ އޮފީސްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ފޯރުކޮށް ދިނުމުގައި އެހީތެރިވެދިނުން.
- ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައާއި، އެފަދަ ކަންކަމާގުޅިގެން މިނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތް ތަކުގައި އެހީތެރިވެދިނުމާއި އެފަދަ ލިޔެކިޔުންތައް ބެލެހެއްޓުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާ ތަކާއި، ޤަވާޢިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ އެންމެހާ ޤާނޫނީ މަސައްކަތް ތައް ހިންގުމުގައި އެހީތެރިވެދިނުން.
- ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް ޑިޕާރޓްމަންޓްތަކާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނާ ގުޅިގެން އެކުލަވާލުން.
- އެކިއެކި ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ޤާނޫނާއި ގަވާއިދު އަދި އުޞޫލު ހެދުމާއި ރިވިއުކުރުމާއި އިޞްލާހުކުރަންޖެހޭ ގަވާއިދުތައް އިޞްލާހުކުރުން.
- އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި މިފަދަ އުޞޫލުތައް ގަވާއިދުން މުރާޖަޢާކޮށް އިޞްލާޙުކުރުން.
- ރާއްޖޭގައި އިޖުތިމާޢީ ޚިދުމަތްދޭ މީހުން ރަޖިސްޓަރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައެޅުމާއި މިފަދަ މިންގަނޑުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ސިޔާސަތުތަކާއި އެތަންތަނަށް މީހުން ނެގުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އެ މިންގަނޑުތަކާއި ސިޔާސަތުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
- ސޯޝަލް ކައުންސިލްގެ ބައްދަލުވުންތަކަށް މިނިސްޓްރީގެ ފަރާތުން ހުށަހަޅަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމާއި، ސޯޝަލް ކައުންސިލްގެ ބައްދަލުވުންތަކުގެ ނިންމުންތަކަށް އަމަލުކުރެވޭ މިންވަރު ގަވާއިދުން ބަލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރިޕޯރޓްކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
- ޑިވިޜަންގެ މަސައްކަތާ ގުޅުންހުރި ތަމްރީންތައް ރާވައި ހިންގުން.
- އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ޤާނޫނީ ރޮގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޯބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 އޮކްޓޯބަރު މަހާއި 2017 ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
30%(ތިރީސް އިންސައްތަ).
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|
|
21 މުޙައްރަމް 1439ހ
11 އޮކްޓޯބަރު 2017މ
|