ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތާނގީތައް ކަނޑައި ޑަސްބިން ހެދުމާބެހޭ

އިޢުލާން

 

 

ތާނގީތައް ކަނޑައި ޑަސްބިން ހެދުމާބެހޭ

 

            މިއިދާރާއިން ދަގަނޑު ހުސްފީފާ ދިނުމުން ކޮންމެ ފީފާއެއްގެ މަތީކޮޅު ތިރީކައިރިން ވަށައިގެން މިއިދާރާއިން ދައްކާ ހިސާބަކުން ކަނޑައި ޑަސްބިން ހަދަން ބޭނުންވެއެވެ.

 

                  ވީމާ، ކޮންމެ ތާނގީއެއް -/25 ރ (ފަންސަވީސް ފުރިޔާ) އަށްވުރެ ބޮޑުނުވާ އަގަކަށް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދި އަންދާސީ ހިސާބު ހުށަހަޅާ އެއްވެސް ފަރާތެއް މިއިދާރާގެ އެއްވެސް ވެރިއަކާ އާއިލީގުޅުމެއް ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތްކަމުގައިވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އަންދާސީ ހިސާބާއެކު ހުށަހަޅާ ލިޔުންތަކާއެކު ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  21 މުޙައްރަމް 1439

                  11 އޮކްޓޯބަރ 2017  

11 އޮކްޓޫބަރު 2017
ހޯދާ