މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ އެކި ސަރަހައްދުތަކުން (ފްރީ ހޯލްޑް އުސޫލުން) ބިން ވިއްކުމާ ބެހޭގޮތުން، ކުރެވުނު މި މިނިސްޓްރީގެ ނަންބަރ (IUL)138-DS2/138/2017/64 ) 16 އޯގަސްޓް 2017) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރުން

މާލޭގެ އެކި ސަރަހައްދުތަކުން (ފްރީ ހޯލްޑް އުސޫލުން) ބިންވިއްކުން.

ޤާނޫނު ނަންބަރު 1/2002 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމުގެ ތެރެއިން، މާލެއިން ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތަކަށް، ބީލަމުގެ އުސޫލުން، އަގުހުށަހެޅުމުގެ ފުރުޞަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވައިލައިފީމެވެ. މިގޮތުން ވިއްކުމަށް ކަނޑައެޅިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ބްލޮކް ނަމްބަރު

ބިމުގެ ބޮޑުމިން (އަކަފޫޓް)

އަގު ހުށަހަޅާ ފޯމް ބަލައިގަންނަ މުއްދަތު

ހުށަހަޅުއްވަންވީ ގަޑި

1.ބްލޮކް 209، މ. ދަންޑެހެލުގެ/ ޕްލޮޓް 1

5559.34

16 އޮކްޓޯބަރ 2017 (ހޯމަ) އިން 31 އޮކްޓޯބަރ 2017 (ބުރާސްފަތި) އަށް.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 ގެ ނިޔަލަށް

2. ބްލޮކް 209، މ. ދަންޑެހެލުގެ/ ޕްލޮޓް 2

5812.40

3. ބްލޮކް 378،  ޕްލޮޓް 1

5219.85

4. ބްލޮކް 378،  ޕްލޮޓް 2

4985.08

5. ބްލޮކް 378،  ޕްލޮޓް 3

5233.19

6. ބްލޮކް 378،  ޕްލޮޓް 4

4377.03

7. ބްލޮކް 386،  ޕްލޮޓް 1

7682.41

8. ބްލޮކް 386،  ޕްލޮޓް 2

7201.27

9. ބްލޮކް 386،  ޕްލޮޓް 3

6551.88

 

ބިން ގަތުމަށް،  ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/12000 (ބާރަ ހާސް ރުފިޔާ) ގެ ރޭޓުންނެވެ. މީގެ އިތުރުން ބިން އަމިއްލަ ކުރުމަށް އަގު ދައްކަވަން ޖެހޭނެއެވެ. ބިން ގަތުމަށް އެދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން، މި މިނިސްޓްރީގެ ނޯޓިސް ބޯޑްގައާއި ވެބްސައިޓްގައި ޝާއިޢު ކުރެވޭނެއެވެ. އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ބީލަން ކާމިޔާބުވީ ކަމަށް ނިންމޭނެއެވެ.

 

ބިންވެރިކުރުވުމުގެ މި ޕްރޮގްރާމުގައި ހިމެނިގެން ވިއްކުމަށް ކަނޑައެޅިފައިވާ ބިންތަކާބެހޭ މަޢުލޫމާތު ޝީޓް އާއި އަގު ހުށަހަޅާ ފޯމް، 15 އޮކްޓޯބަރ 2017 ވާ "އާދީއްތަ" ދުވަހުން ފެށިގެން މި މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުން ލިބި ވަޑައިގަންނަވާނެއެވެ. އަދި  މި މިނިސްޓްރީގެ ވެބްސައިޓު އިން www.housing.gov.mv) ( ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

އަގު ހުށަހަޅުއްވާނީ  ބަންދު ކޮށްފައިވާ  ސިޓީއުރައެއްގައެވެ.  އަގު ހުށައަޅުއްވާ ފަރާތުގެ  ނަމާއި އެޑްރެސް   ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި  " މާލެސިޓީއިން ބިންގަތުމަށް " މިހެން ލިޔެފައި އޮންނަންވާނެއެވެ.

                    

އަގު ހުށަހަޅަން ހަމަޖެހިފައިވާ ގަޑީގެފަހުންނާއި އޭގެ ކުރިން ގެންނަ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މި މިނިސްޓްރީން ދޫކުރާ ފޯމުގައި ނޫން އެހެނިހެން ގޮތްގޮތަށް ހުށައަޅުއްވާ އަގުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004112 ނުވަތަ 3004300 ފޯނުން އެކްސްޓެންޝަން ނަންބަރު 112 އާ، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

10 އޮކްޓޫބަރު 2017
ހޯދާ