މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ކައުންސިލަށް ޕްލޭނިންގ އޮފިސަރ އެއް ހޯދުމަށް

އިޢުލާން

 

މަޤާމު:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ރޭންކާއި

ކްލެސިފިކޭޝަން:

އެމް.އެސް. 1 ، ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ށ. މިލަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. އިދާރީ ހިންގުމަށް ދިމާވާކަންކަން ހައްލުކުރުމަށް ޕްލޭންތައްކޮށް ފަންނީ ލަފާދިނުން

2. ކައުންސިލް އިދާރާގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުން

3. ރަށުގެ ތައްޤީގެ ޕްލޭނުން ކަނޑައެޅިފައިވާ ކަންކަން ތަންފީޛުކުރެވެމުންދާގޮތްބަލާ މޮނީޓަރކުރުން

4. ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ޕްލޭންތައް ތައްޔާރުކުރުމާއި ވިލަރެސްކުރުން

5. އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުން

6. އިމާރާތާއި ގޯތި ބަދަލުކުރުމުގެ އެންމެހާ މަސައްކަތްތައްކުރުން

7. ރަށުގެ ޕްލޭންތަކާއި ގުޅޭގޮތުން އިދާރާތަކުން އަންނަ ސިޓީއާއި މެސެޖަށް ޖަވާދާރީވުން

މަޤާމުގެ ޝަރުތުތައް:

 

 

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނުގަނޑުގެ ލެވެލެ 5ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

. ލިބިފައިވާ ތަޢުލީމާއި ތަމްރީން (%49)

. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (8%)

. ލިބިފައިވާ ހުނަރު  އަދި އިންޓަރވިއު (43%)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެ)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން (އެމް.ކިޔު.އޭ) ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމުތަކގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް އެމް،ކިޔު.އޭއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސިޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒިފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

 

 

 

2017 އޮކްޓޯބަރ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ށ.މިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ.މެއިލް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] އަދި ފެކްސް ނަމްބަރު: 6540064 )

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚް:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ކުރިއަށްދާނީ 2017 އޮކްޓޯބަރ 23 ވަނަ ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަސްތަކުގެ ފައިސާ އަދި އެހެނިހެން އިނާޔަތްތައް ހަމަޖެހޭނެއެވެ.

 

           މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6540064 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

                        20 މުޙައްރަމް  1439

                        10 އޮކްޓޯބަރ 2017

10 އޮކްޓޫބަރު 2017
ހޯދާ