ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ކައުންސިލް އިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓަށް ސްޕަވައިޒަރެއް ހޯދުން

މަޤާމް:

ސްޕަވައިޒަރ

މަޤާމުގެ ނަންބަރު:

142

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން:

އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

މަޤާމް އޮތް އޮފީސް:

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މުސާރަ:

6,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގެ އަމަން އަމާންކަމާއި އާންމު މަސްލަޙަތު ހިފެހެއްޓުމަށް މަސައްކަތްކުރުން.
  2. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއާއި ނަރުދަމާ ނިޒާމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  3. އިންޖީނުގޭގެ އިންޖީނުތަކާއި ޕެނަލްބޯޑު ރަނގަޅަށް ބެލެހެއްޓުމާއި އިންޖީނުތަކާއި ޕެނަލްބޯޑަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. މަގުމަތީގެ ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން.
  5. އަލަށް ކަރަންޓުލުމަށް އެދޭ ފަރާތްތަކަށް ޤަވާޢިދުން ކަރަންޓުލެވޭނެ އިންތިޒާމް ހަމަޖައްސައިދީ އެކަން ރަނގަޅަށް ބެލެހެއްޓުން.
  6. އިންޖީނަށް ބޭނުންވާ މަތީތެލާއި އަޑީ ތެލާއި ފިލްޓަރުފަދަ ތަކެތި ހުސްވިޔަނުދީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. އިންޖީނުތަކުގެ ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ކުރުވުން.
  8. އިންޖީނުގޭގައި ހިންގާ ވޯކްޝޮޕުގެ ކަންތައްތައް ބެލެހެއްޓުން.
  9. ނަރުދަމާ ނިޒާމުގައި ބޭނުންކުރާ އިންޖީނާއި ޕަމްޕުތަކާއި އެނޫންވެސް މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

  1. މަގުމަތީގެ ޖަންކްޝަންތައް މަރާމާތު ކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން.
  2. ނަރުދަމާ ނިޒާމާއި އެތަނުގައި ބޭނުންކުރާ އެންމެހާ ތަކެތި ސާފުކުރުވައި ބެލެހެއްޓުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  3. ކުނިއުކާލުމާއި، ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާއި އުޞޫލާ އެއްގޮތަށް ކުނި މެނޭޖްކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  4. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުންކުރާ ޕިކަޕްތަކާއި މެޝިންތަކާއި ޓޫލްސްތައް ބެލެހެއްޓުން.
  5. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާ ކުނީގެ ބާވަތްތައް ވަކި ކުރުވައި ކާދު ހެދުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން.
  6. ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި އެތަނުގައި ބޭނުންކުރާ އެންމެހާ ތަކެތި ސާފުކުރުވައި ބެލެހެއްޓުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ޓެކްނިކަލް އިންޖިނިއަރިން، ނުވަތަ އިލެކްޓްރިކަލް އިންޖިނިއަރިން، ނުވަތަ ވޭސްޓްމެނޭޖް މަންޓް އިންޖިނިއަރިން، ނުވަތަ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް އިންޖިނިއަރިން ދާއިރާ، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

 

 

  1. ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރަން އެގުމާއި، ކުރުވުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
     

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

1. މަތީ ތަޢުލީމާއި ތަމްރީނު.

2. މަސައްކަތު ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސް ހޯދާ ފަރާތް.

6. ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވިފައިވާ އިޖުތިމާޢީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ މީހަކުކަމުގައިވުން.

7. ކާރު، ލޮރީ،ޕިކަޕު ފަދަ ވެހިކަލް ދުއްވަން ދަންނަ މީހަކު ކަމުގައިވުން.

8. ފުރަތަމަ 7 ނަމްބަރުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ އިތުރުން އިންޖީނުގެއާއި ނަރުދަމާ ނިޒާމުގައި މިހާރު ޖެހެމުންދާ މައްސަލަތައް އެންމެ ކުޑަޚަރަދަކުން ޙައްލުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި އެތަންތަނުން އިތުރު ފައިސާ ހޯދާނެ ގޮތްތަކާއި އެތަންތަން ތަރައްޤީކުރުމުގެ ތަޞައްވުރާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް އެންމެ ކުޑަޚަރަދަކުން ތަރައްޤީކޮށް ކުރިއެރުވުމުގައި ކޮށްދެވިދާނެ ކަންތައްތަކާއި އެތަން ތަރައްޤީކޮށް ކުރިއެރުވުމުގެ ތަޞައްވުރުގެ މައްޗަށް ބެލޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.fnic.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮކްޓޫބަރު 22 ވާ އާދީއްތަދުވަހުގެ 12:00 ގެ ކުރިން، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 6740598 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 އޮކްޓޫބަރ 28 އާއި 30 އާ ދެމެދު،    ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެ ނިލަންދޫގައި ތިއްބެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6740598 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

09 އޮކްޓޫބަރު 2017
ހޯދާ