ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC/1/2017/49)
އިޢުލާން
މި ކޯޕަރޭޝަނުގެ ފަރާތުން މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ޑެސްޓިނޭޝަން ޕްރޮމޯޝަން ކެމްޕެއިންގެ އެކްޓިވިޓީއެއް ކަމައްވާ "ސްޓޯރީޒް އޮފް މޯލްޑިވްސް" ގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)MMPRC-HR/1/2017/21) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކޯޕަރޭޝަނުގެ ވެބްސައިޓްގައިވާ https://visitmaldives.com/information-sheet-stories-of-maldives-production-partner-selection/
މައުލޫމަތު ކަރުދާހުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި އެއްގޮތަށް، 2017 އޮކްޓޯބަރ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ވެލާނާގެ، 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަނުގެ 3323228 ނަންބަރު ފޯނާއެވެ
19 މުޙައްރަމް 1439
09 އޮކްޓޯބަރ 2017