ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

ގދ.ހޯނޑެއްދޫގެ މިސްކިތްތަކުގައި (މަސްޖިދުލް ފުރުޤާނު، މަސްޖިދުލް އަންޞާރު) 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މިއިދާރާއިން ކަނޑައަޅާ ދުވަސްތަކުގައި ކޮންޓްރެކްޓް އުސޫލުން ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ.

01

ހ. މަގާމުގެނަން:

މަސައްކަތު

ށ. ބޭނުންވާ އަދަދު: 1   

ނ. މަޤާމުގެ ރޭންކް:

އެސް.އެސް.1  (ސަޕޯޓް ސަރވިސް 1)

ރ. މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ބ. މަޤާމް އޮތް އޮފީސް/އިދާރާ:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް   

ޅ.ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ ހޯނޑެއްދޫ މިސްކިތްތަކުގައި

 

ކ. ވަޒީފާ އަދާކުރަންޖެހޭ ރަށް:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ

އ. މުސާރައާއި، އިނާޔަތްތައް:

ދުވާލަކަށް 200.00ރ

ވ. މަގާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

މ. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. މިސްކިތާއި މިސްކިތުގެ ކަބަޑްތަކާއި، ފޮތްތަކާއި، މިސްކިތުގެ ބިއްލޫރިތައް ސާފްކޮށް ބެލެހެއްޓުން.
  2. މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ގޯއްޗާއި ގުޅިފައިވާ މަގުތަކުގެ ½ ކުނިކަހާ، ވިނަނޮޅާ ސާފްކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައި ގަސްހެއްދުން.
  3. މިސްކިތުގައި ބެހެއްޓިފައިވާ ތާނގިއާއި ފުރާޅު ސާފުކޮށް ބެލެހެއްޓުމާއި، ތާނގީއަށް ފެންއެޅުމުގެ ކަންތައްތައް ބެލެހެއްޓުން.
  4. މިސްކިތުގެ ވަޅާއި، ވަޅުދޮށާއި، ފާޚާނާތަކާއި، އިސްކުރުބަރި ސާފްކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ޢީމާރާތްތަކާއި، މުންނާރުގެ ފާރުތަކާއި، އިންފާރުތައް ސާފްކޮށް ބެލެހެއްޓުން.
  6. މިމަސްއޫލިއްޔަތު އަދާކުރަންވީގޮތުގެ ތަފްސީލް ކޮންޓްރެކްޓާއި އެކުއޮންނަ ވަޒީފާ ބަޔާންގައި ހިމެނޭނެއެވެ.

 

ފ. ސިޓީ ފޮނުވަންވީ ތާރީޚް:

2017 އޮކްޓޯބަރ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރި ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށެވެ.

ދ. ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅާ ސިޓީ.
  2. ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރިޑެޓް ކޮށްފައިވާ އަދި އަޞްލާއި އެއްގޮތް ކަމަށް  ރަސްމީ ފަރާތަކުން ނުވަތަ ގާނޫނީވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އަށް ޚިދްމަތް ކުރުމަށް ބޮންޑެއްގައި ހުރި މުޥައްޡަފެއްނަމަ،ވަޒީފާއަށް ހޮވިއްޖެ ނަމަ ބަދަލުވުމުގެ އިޢްތިރާޟެއް ނެތް ކަމުގެ ލިއުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި،މަސްއޫލިއްޔަތު އެގޭނޭ ރަސްމީ ލިއުމެއް  ( އަސްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަންބަރާއި،އީމެއިލް އެޑްރެހާއި އެކު)

                      

މިއިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840015 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރ 6840015 އަދި އީމެއިލް އެޑްރެހަކީ [email protected]  އެވެ.

09 އޮކްޓޫބަރު 2017
ހޯދާ