މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރުން ބޭނުންވެއްޖެ

 

މަޤާމް:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

މަޤާމްގެ ނަމްބަރ:                J-283456

ބޭނުންވާ އަދަދު:                 02 (ދޭއް)

މަޤާމުގެ ގިންތި:                 ދާއިމީ

މަޤާމުގެ ރޭންކް:                 ޖީ، އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:           އޮފިސަރ ގްރޭޑް 1

ސެކްޝަން:                    އެޑްމިން

މަޤާމް އޮތް އޮފީސް:              މަކުނުދޫ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:         މަކުނުދޫ ސްކޫލް، ހދ މަކުނުދޫ

މުސާރަ:                      4465.00 ރުފިޔާ

ސަރވިސް އެލެވަންސް:             1500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:              

            1-            ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

            2-            ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

            3-            ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

          1-            ހުރިހާ ސްޓާފުންގެ ޙާޟިރީ ބެލެހެއްޓުމާއި ޙާޟިރީ ރިޕޯޓް ހެދުން.

         2-            ވަޒީފާ ބަޔާން ތައްޔާރުކުރުން.

         3-            މަދަރުސާޔަށް ލިބޭ އެންމެހައި ލިޔެކިއުންތަކާއި ތަކެތި ބަލައިގަނެ ގަވާއިދުން ރިކޯރޑްކޮށް ހުށަޅަންޖެހޭ މުއައްޒަފުންނަށް ތަރުތީބުން ހުށަހަޅައި ޙަވާލުކުރަންޖެހޭ މުއައްޒަފުންނަށް ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން

         4-            މަދަރުސާއިން އެޑިއުކޭޝަން މިނިސްޓްރީއަށާއި އެހެނިހެން އިދާރާ ތަކަށާއި މުއައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފޮނުވައި  އެފަރާތްތަކަށް ލިބުނުކަން ކަށަވަރުކޮށް ރިކޯރޑް ބެލެހެއްޓުން.

         5-            ދުވަހުގެ ޔައުމިއްޔާ އަށް ބޭނުންވާ މަޢުލޫމާތު ޖަމާކުރުމާއި ޔައުމިއްޔާ ލިޔުން

         6-            ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން

         7-            ސްކޫލުގައި ބާއްވާ އިމްތިޙާނު ތަކާއި ގުޅިގެން ބަހަލައްޓަން ޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުން

         8-            ބިލްތައް އެންޓަރކޮށް އޯޑަރފޯމް އެޓޭޗް ކުރުން

         9-            ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލް ކުރުން

     10-            ޕޭމެންޓް ވައުޗަރތައް ތައްޔާރުކޮށް ފައިސާ ދައްކާ ފައިލް ކުރުން

     11-            ހުރިހާ މުވައްޒަފުންގެ އޯވަރޓައިމްގެ ކަންތައްތައް ބެލެހެއްޓުން

     12-            އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން

     13-            މަދަރުސާގެ ހަރުމުދަލުގެ އިންވެންޓްރީ އަށް ނަގަންޖެހޭތަކެތި އެންޓަރކޮށް އުނިކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އުނިކުރުން.

     14-            މަދަރުސާޔަށް ލިބެންޖެހޭ އެންމެހައި ފައިސާއެއް ،މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހޯދައި އެކަމާއި ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.

     15-            ލިބޭފައިސާއާއި ކުރެވޭ ޚަރަދުތަކާއި ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިއުންތައް ކަނޑައެޅިފައިވާ މުއްދަތު ފާއިތު ނުވަނީސް ފޮނުވުން.

     16-            މަދަރުސާއިން މުއައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ އެންމެހައި ފައިސާއެއް ،މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފޯރުކޮށްދީ އެކަމާއި ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.

     17-            އެކިގޮތްގޮތުން މަދަރުސާއަށް ލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ގަވާޢިދުން ޖަމާކުރުން.

     18-            އެކި އިމްތިޙާނުތަކުގެ ފީގެ ގޮތުގައްޔާއި އެކިކަހަލަ އުޖޫރަޔާއި ޖުރުމާނާޔާއި ގެއްލުމުގެ ބަދަލާއި ކުލީގެ ގޮތުގައި މަދަރުސާޔަށް ޙަވާލުކުރެވޭ އެންމެހައި ފައިސާއެއް މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރައްދުކުރަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތު ފާއިތު ނުވަނީސް ފޮނުވުމާއި އެކަންތަކާއި ގުޅިގެން ބަލަހައްޓަން ޖެހޭ އެންމެހައި ލިޔެކިއުންތަކެއް ގަވާއިދުން ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

     1-  އެޑްމިނިސްޓްރޭޝަން،މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން،މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. 

                               ނުވަތަ

2- ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީސްކޫލްސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް    
  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް
  3. އިންފޮމޭޝަން ޓެކްނޮލޮޖީ
  4. ހިއުމަން ރިސޯސްމެނޭޖްމަންޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް ޕްރެކްޓިކަލް ހެއްދުމާއެކު އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:      ވަޒީފާއަށް އެދޭ ފޯމު މަކުނުދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮކްޓޯބަރ 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަކުނުދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއުއާއި ޕްރެކްޓިކަލްސް

 އޮންނާނެ ތަނާއި، ދުވަސް:          މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ،  2017 އޮކްޓޯބަރ 19 ވާ ބްރާސްފަތި ދުވަހު، މަކުނުދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:              މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ  30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520529 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ނޯޓު: އިންޓަވިއުއަށް ދުރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލުގެންނަވަން ވާނެއެވެ.

           19 A 1439   

           09 އޮކްޓޯބަރ  2017

                                                                             ސާމިރާ މުޙައްމަދު

                                                                  ހިންގުމާއި ޙަވާލުވެހުރި

09 އޮކްޓޫބަރު 2017
ހޯދާ