މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީގެ މަގުތަކާއި ޢާއްމުތަންތަނާއި، އަދި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ސާފުކުރުން

ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން (ސީ.ސީ.އޭ.ޕީ) އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އިސްނަންގަވައިގެން އައްޑޫސިޓީގައިވާ ސަރުކާރުގެ މުއައްސަތަކާއި ރައްޔިތުންނާއި ގުޅިގެން ބާއްވާ އައްޑޫސިޓީ ސާފުކުރުމުގެ ބޮޑު ހަރަކާތެއް 14 އޮކްޓޯބަރު 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތުގެ ތެރޭ ހިމާޔަތް ކުރެވިފައިވާ ޞަރަޙައްދު ތަކާއި އެތަންތަނަށް ދާ މަގުތަކާއި އައްޑޫސިޓީގެ ބޮޑެތި މަގުތަކާއި އެތަންތަނާއި ގުޅިފައިވާ ދަޢުލަތުގެ ބިންތަކުގައި ހުރި ހަލާކުވެ ގިނަ ދުވަސްވެފައިވާ ވެހިކަލްތަކާއި ބާ ދަގަނޑާއި، ކުނިބުނި ނަގައި އެކަމަށް ޚާއްޞަކުރެވިފައިވާ ތަންތަނަށް ޖަމާކުރެވޭނެއެވެ. އަދި މިގޮތުން ގެންދެވޭ ތަކެއްޗަށް ލިބޭ ގެއްލުމަށް މި މިނިސްޓްރީން ޒިންމާ ނުނަގާނެވާހަކަވެސް ދަންނަވަމެވެ.

      ވީމާ، އެއްވެސް ފަރާތެއްގެ ތަކެއްޗެއް މިދެންނެވި ސަރަޙައްދު ތަކުގައި ބެހެއްޓިފައިވާނަމަ 12 އޮކުޓޫބަރު 2017 ވާ ބުރާސްފަތި ދުވުވަހު 6:00 ގެ ކުރިން ޢޭގެ ވެރިފަރާތްތަކުން ގެންދެއްވުން އެދެމެވެ. 

09 އޮކްޓޫބަރު 2017
ހޯދާ