މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
(IUL)14-PR/1/2017/32)ނަންބަރު ބާތިލް ކުރުމަށް ފަހު އަލުން ޢިއުލާނުކުރަމެވެ.

އިޢުލާން

 

 

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮމްޕިއުޓަރ އާއި ބެހޭ ބައެއް ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2017/32 އިޢުލާނަށް ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ލޮޓް 1 އަށް އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ، އެލޮޓް ބާތިލްލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 އޮކްޓޫބަރު 2017  ވާ ބުދަ ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮކްޓޫބަރު 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

 

19 މުޙައްރަމް   1439

09 އޮކްޓޫބަރު   2017

 

09 އޮކްޓޫބަރު 2017
ހޯދާ