ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ހޯދުމަށް (ޑޭޓާ އެންޓްރީ)

ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

 

2017 ވަނަ އަހަރު ދެވުނު ނެޝަނަލް އެސެސްމަންޓުގެ ޑޭޓާ އެންޓަރ ކުރުމުގެ މަސައްކަތް ކޮށްދޭނެ ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާ 12 މުވައްޒަފު ބޭނުންވެއްޖެއެވެ.

 

މަސައްކަތުގެ މުއްދަތު: 22 އޮކްޓޫބަރު 2017 އިން 19 ޑިސެމްބަރު 2017 އަށް.

މަސައްކަތުގެ އުޖޫރަ: މިމަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ގަޑިއަކަށް -/45 ރުފިޔާގެ ރޭޓުން އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ މަސައްކަތަށް ފައިސާ ލިބޭނެއެވެ.

މަސައްކަތު ގަޑި: މަސައްކަތް ކުރަންޖެހޭނީ ރަސްމީ ގަޑީގައި ހެނދުނު 8:00 ން މެންދުރު 14:00 އަށެވެ.

 

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު:

- ގްރޭޑް 10 ނިންމާފައިފުން

- މައިކްރޯސޮފްޓް އެކްސެލް ފަރިތަކަމާއެކު ބޭނުންކުރުމަށް އެނގުން

- އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ފަރިތަކަމާއެކު ޓައިޕް ކުރަން އެނގުން.

 

މިމަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓްދޭނެގޮތް ތިރީގައި މިވަނީއެވެ.

- ތަޢުލީމީ ފެންވަރަށް 40 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވުން)

- މަސައްކަތުގެ ތަޖުރިބާއަށް 20 ޕޮއިންޓް

- ރަނގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 40 ޕޮއިންޓް

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮކްޓޫބަރު 2017 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިވަޒީފާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މިލިޔުން ހުށަހަޅާއިރު ތިރީގައި މިދަންނަވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.

   1- މަސައްކަތަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ސިޓީ ލިޔާނީ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ހިލްމީ އަށް އެޑްރެސްކޮށް، މި އިޢުލާނަށް ޙަވާލާދީފައެވެ.)

   2- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

   3- ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

   4- ވަނަވަރު (ސީ.ވީ)

   5- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް / ހ. ހުޅުގަލި (3 ވަނަ ފަންގިފިލާ)، ކަރަންކާމަގު.

 

ސްޕީޑް ޓެސްޓް އޮންނާނެ މުއްދަތު:

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ދެވޭ ސްޕީޑް ޓެސްޓް އޮންނާނީ 19 އޮކްޓޫބަރު 2017 ނުވަތަ 22 އޮކްޓޫބަރު 2017 ވަނަ ދުވަހުގައެވެ.

 

ނޯޓް: 

- މިޢިއުލާނާ ގުޅިގެން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341220 ފޯނަށް ގުޅުއްވުން އެދެމެވެ.

08 އޮކްޓޫބަރު 2017
ހޯދާ