ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫގެ ފުޓްސަލްދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާން (IUL)270/INDIV/2017/36 އަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

އިޢުލާން

ނަންބަރ: (IUL)270/INDIV/2017/43

 

ސަރުކާރުގެ ސްޕޯރޓްސް މެނިފެސްޓޯ ތަންފީޡުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތްއެންޑް ސްޕޯރޓްސްއިން ހިންގާ ސްޕޯރޓްސް އެރީނާގެ މަޝްރޫޢުގެ، ހދ މަކުނުދޫގެ ފުޓްސަލްދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާން (IUL)270/INDIV/2017/36 އަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 25 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު ( 90 އިންސައްތަ )
  2. މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު ( 10 އިންސައްތަ )

ޝުކުރިއްޔާ

19 މުޙައްރަމް 1439

09 އޮކްޓޯބަރ 2017

 

 

         

09 އޮކްޓޫބަރު 2017
ހޯދާ