ދިވެހިރާއްޖެ
ކިނބިދޫ ސްކޫލް
ތ. ކިނބިދޫ
ދިވެހިރާއްޖެ
އިޢުލާން
ޕްލޭ އޭރިޔާ މަރާމާތުކުރުން
މިސުކޫލުގެ ކުޅޭ ސަރަހައްދުގެ ބައެއްމަރާމާތުތައް ކުރަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2017 (އާދީއްތަ) ދުވަހުގެ 13:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ (އެދުވަހުގެ) 19 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:05 ގައި އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ. މިބައްދަލުވުމުގައި އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.
19 މުހައްރަމް 1439
09 އޮކްޓޯބަރ 2017