ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ މަގުތަކުގައި ޖެހުމަށް 300 ލެޑްލައިޓް ހޯދުން

ފ. ނިލަންދޫ މަގުތަކުގައި ޖެހުމަށް 300  ލެޑްލައިޓް ހޯދުން:

ފ.ނިލަންދޫ މަގުތަކުގައި ޖެހުމަށް 300 ލެޑްލައިޓް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ލެޑްލައިޓް ގެނެސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައަޅާފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

މަޢުލޫމާތު ސާފުކުރުން

2017 އޮކުޓޯބަރ 10

11:30 ގައި

އަންދާސީ ހިސާބު ހުށަހެޅުން

2017 އޮކުޓޯބަރ 12

11:30 ގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބުތައް ބަލައިގަތުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި 

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އެސްޓިމޭޓްގައި ބައިވެރިއެއް ނުވެވޭނެއެވެ. އެސްޓިމޭޓް ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. ނިލަންދޫ މަގުތަކުގައި ޖެހުމަށް ލެޑްލައިޓް ގެނެސްދިނުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އެސްޓިމޭޓް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ އެސްޓިމޭޓްތައް ބާޠިލްކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތްނޫން އެހެން ފަރާތެއްގެ ޙަވާލުގައި އެސްޓިމޭޓް ހުށަހަޅާނަމަ، އެފަރާތެއްގެ ރަސްމީ ލިޔުމެއް އެސްޓިމޭޓް ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑީއިރު ކުރިން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

03 އޮކްޓޫބަރު 2017
ހޯދާ