ދިވެހިރާއްޖެ
ނަންބަރ: IUL)MMPRC/1/2017/48)
އިޢުލާން
އައި.ޓީ.ބީ ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން
ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ބާއްވާ އައި.ޓީ.ބީ ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ "ރިކުއިސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) އެއް 2017 އޮކްޓޯބަރ 09 ން 2017 އޮކްޓޯބަރ 26ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 14:00 އާއި ދެމެދުގެ ވަގުތުތަކުގައި، މި ކޯޕަރޭޝަނުން (ވެލާނާގެ، 4 ވަނަ ފަންގިފިލާ) -/500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރަށް ލިބިވަޑައިގަންނަވާނެއެވެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. އާރ.އެފް.ޕީ ގަންނަންވާނީ އައި.ޓީ.ބީ ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމުގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2017 ނޮވެމްބަރ 13 ވަނަ ދުވަހުގެ 15:00 ގައެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. އަދި ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންވާނެއެވެ. ސިޓީ އުރައިގެ ބޭރުގައި " އައި.ޓީ.ބީ ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.
ޕްރޮޕޯސަލް ފޮނުވަންވީ އީމެއިލް އެޑްރެހަކީ؛ [email protected] ކޮޕީކުރައްވާނީ [email protected]
އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.
އިބްރާހީމް އާސިމް
ޑިރެކްޓަރ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް
4 ވަނަ ފަންގިފިލާ، ވެލާނާގެ
މާލެ، ދިވެހިރާއްޖެ
ފޯން: 3323228، 3331826
އީ-މެއިލް: [email protected]
18 މުޙައްރަމް 1439
08 އޮކްޓޯބަރ 2017