މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޗައިނާ މޯލްޑިވިސް ފްރެންޑިޝިޕް ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރަމުން ގެންދާ ސަރަޙައްދުގައި ކަނޑު އުޅަނދުފަހަރު ވަނުމާއި ގުޅޭ

 

 

 

                                 ނަންބަރު:IUL)138-PIS1/138/2017/91) 

 

އިޢުލާން

 

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ގާދޫ ކޯ (މާލެއާއި ހުޅުލެއާއި ދެމެދުގައިވާ ކަނޑުއޮޅި) ހުރިހާ އުޅަނދުފަހަރަށް 20 ފެބްރުއަރީ 2016 އިން ފެށިގެން ބަންދުކުރެވިފައިވާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގެ ނަމްބަރ (IUL)202-M/1/2016/08 (25 ޖެނުއަރީ 2016) އިޢުލާން އިން ވަނީ އާއްމުކޮށް އަންގާ އިއުލާން ކުރެވިފައެވެ. އަދި ހަމައެއާއި އެކު ބްރިޖް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަދި މަސައްކަތު ސައިޓްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު ފާހަގަކުރުމަށް ވާނީ ބޮއިހަރުކުރެވި ފާހަގަކުރެވިފައެވެ. ނަމަވެސް މިހާރަކަށް އައިސް ގާދޫ ކޯ ކަނޑުއޮޅި ހިމެނޭ ގޮތަށް މަސައްކަތުގެ ސައިޓުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުގެ ތެރެއަށް ހުއްދަ ނެތި ބައެއް އުޅަނދުތައް ވަދެ އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް މިސަރަޙައްދު ބޭނުންކުރަމުން ދިއުމަކީ މަސައްކަތަށް ބުރޫއަރާ ކަމަކަށްވުމާ އަދި އާންމު ފަރާތްތަކަށް އޮތް ނުރައްކަލެއް ކަމުގައި އަންގަމެވެ.

ވީމާ، ގާދޫ ކޯ ކަނޑުއޮޅީގައި ބްރިޖް ޕްރޮޖެކްޓްގެ ބޭނުމަށް ބޮއިހަރުކުރެވި ފާހަގަ ކުރެވިފައިވާ ސަރަޙައްދުގެ ތެރެއަށް ހުއްދަ ނެތި ވަދެ އުޅުމަކީ މަނާކަމެއް ކަމުގައި އަންގާ އިޢުލާން ކުރަމެވެ. އަދި މިއާއި ޚިލާފަށް މިސަރަޙައްދުގެ ތެރެއަށް ވަންނަ އުޅަނދުތަކާއި މެދު، މިފަދަ ކަންކަމާއި މެދު އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

18 މުހައްރަމް 1439ހ.

08 އޮކްޓޯބަރ 2017މ.

 

08 އޮކްޓޫބަރު 2017
ހޯދާ