ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީތަޢުލީމުގެ ފުރުޞަތު

        ޕާކިސްތާންގެ ޕަބްލިކް ސެކްޓަރ ޔުނިވަރސިޓީ/އިންސްޓިޓިއުޓް ތަކުން މެޑިސިން (އެމްބީބީއެސް)، ޑެންޓިސްޓްރީ (ބީޑީއެސް)، ފާރމަސީ (ފާމް-ޑީ) އަދި ބީ.އެސް.ސީ އިންޖީނިއަރިންގ ގެދާއިރާއިން މަތީތައުލީމް ހާސިލުކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ތަންތަނުގެ 2017/2018 ވަނަ ދިރާސީ އަހަރުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައިވާކަން ޕާކިސްތާން އެމްބަސީން ވަނީ އަންގާފައެވެ.

 

 މިކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރައްވަން ޖެހޭނީ ކޯހުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުން އަމިއްލަފުޅަށެވެ. އިސްވެ ދަންނަވާފައިވާ ފުރުޞަތުތަކަށް ސީޓް ލިބެންހުރީ ވަރަށް މަދު އަދަދަކަށް ކަމަށާއި އަދި އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް www.hec.gov.pk/site/sfs ވެބްސައިޓުން ލިބިވަޑައިގަންނަވާނޭ ކަމުގައިވެސް ދެންނެވީމެވެ.

 

08 އޮކްޓޫބަރު 2017
ހޯދާ