ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ސާރވަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އިޢުލާން

 

             މިއޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތައް ސާރވަރ  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މި ތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޮކްޓޯބަރ 16 ވާ ހޯމަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮކްޓޯބަރ 19 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރައްވަން ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

              

 

14 މުޙައްރަމް 1439

04 އޮކްޓޯބަރ 2017

04 އޮކްޓޫބަރު 2017
ހޯދާ