ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މަޤާމް :ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓް
ބޭނުންވާ އަދަދު :1

މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. ކެނދިކުޅުދޫޞިއްޙީމަރުކަޒްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމު

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު

J-289887

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް އެސް 1

މަޤާމުގެ ކްލިސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޜަން/ސެކްޝަން

އެޑްމިނިސްޓްރޭޓިވް ޔުނިޓް

މަޤާމްއޮތް އޮފީސް

ނ. ކެނދިކުޅުދޫ ސިއްހީމަރުކަޒު

ވަޒީފާއަދާކުރަންޖެހޭތަން

ނ. ކެނދިކުޅުދޫ ސިއްހީމަރުކަޒު

މުސާރަ

-/5610 ރުފިޔާ

ސާރވިސްއެލަވަންސް

-/2500 ރުފިޔާ

އިތުރު  އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތީން މަސައްކަތު ނުކުންނަކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. އޯޕީޑީ އައިޕީޑީއަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި، އެހެންމުވައްސަސާތައް މެދުވެރިވެގެން އަންނަ ސާމްޕަލްތައް،އައިޑެންޓިފިކޭޝަންތައް ޗެކްކުރުމަށްފަހު ބަލައިގަތުން
  2. ކުރަންޖެހޭ ތަހުލީލުތަކުގައި ލަފާހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ ބަލިމީހާއަށް އެންމެފުރިހަމަ ޚިދުމަތްފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުން
  3. ޑިއުޓީތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަޑް ޕްރޮސީޖަރ އާއި އެއްގޮތަށް ޕްރޮސެސްކުރުމާއި،ޓެސްޓްތައް ފުރިހަމަކުރުމާއެކު ރިޕޯޓްތައް ގަޑިއަށް ތައްޔާރުކުރުން
  4. ރަޖިސްޓްރީތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށްލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި،ޓެސްޓް ނަތީޖާއާބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުން.
  5. ޚާއްޞަ ލެބޯޓްރީ ޓެސްޓްތައް ކުރުމާއި، ކުރެވޭ ޓެސްޓްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރުން
  6. ލެބޯޓްރީގައި ކުރެވޭ ޓެސްޓްތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި،ރެކޯޑްތައް ބެލެހެއްޓުން
  7. ލެބޯޓްރީގައި ކުރާޓެސްޓްތައް ކުރުމަށް ބޭނުންކުރެވޭ ކޮންސިއުމަބްލްސް،ރިއޭޖެންޓްސްއާއި، ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއިއެކު އެއްވެސްއެއްޗެއް ހުސްވުމުގެ ކުރިންނާއި، އެކްސްޕެއަރވުމުގެ ކުރިން ދުވަސްއޮއްވާ އިސްފަރާތަކަށް އެންގުން
  8. މީގެއިތުރުންވެސް ލެބޯޓްރީގެރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

މަޤާމްގެ ޝަރުޠުތައް

 

  1. 1.     މެޑިކަލް ލެބޯޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.   ނުވަތަ
  2. މެޑިކަލް ލެބޯޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއެކު މަޤާމްގެ މެޑިކަލް ލެބޯޓްރީ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށްއެދެންވީގޮތާއި،ސުންގަޑި

ވަޒީފާއަށް އެދޭފޯމް ނ . ކެނދިކުޅުދޫ ސިއްހީމަރުކަޒުން ލިބެންހުންނާނެއެވެ. މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 17 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ނ. ކެނދިކުޅުދޫޞިއްޙީމަރުކަޒަށެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 2017 އޮކްޓޯބަރ މަހުގެ ތެރޭގައި ނ. ކެނދިކުޅުދޫޞިއްޙީމަރުކަޒުގައެވެ. މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

%30

އިތުރުމަޢުލޫމާތު

މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560092 ނުވަތަ 6560037 ނަންބަރު ފޯނާއެވެ. 

08 އޮކްޓޫބަރު 2017
ހޯދާ