މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

މާލެ އަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

    ކ. ގާފަރު،                                                      ނަމްބަރު: (IUL)331/331/2017/35

    ދިވެހިރާއްޖެ

 

 

އިޢުލާން

 

ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

 

           ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި މިރަށު ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތުން 1800 އަކަފޫޓުގެ ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ކުރިނަމްބަރު: (IUL)331/331/2017/23 އިޢުލާން އާއި ގުޅި ހުށަހަޅާފައިވާ ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މިބިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަތަކުން 16 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ  11:00 ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 25 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ގާއަޅާ ބިމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

          

08 އޮކްޓޫބަރު 2017
ހޯދާ