މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވޯކްޝޮޕް އޮން ފްލޭމަބަލް ރެފްރިޖެރެންޓް އިން ދަ ރޫމް އެއަރ ކަންޑިޝަނިންގ

ޓްރެއިނިންގ ވޯކްޝޮޕް އޮން ފްލޭމަބަލް ރެފްރިޖެރެންޓްސް އިން ރޫމް އެއަރ ކަންޑިޝަނަރ

6-9 ނޮވެމްބަރ 2017

ޗައިނާ

 

ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަށް އަމާޒުކޮށްގެން ނޮވެމްބަރ 6 ން 9، 2017 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވޯކްޝޮޕް އޮން ފްލޭމަބަލް ރެފްރިޖެރެންޓް އިން ދަ ރޫމް އެއަރ ކަންޑިޝަނިންގ" ގައި މިދާއިރާގައި މަސައްކަތް ކުރާ 3 ފަރާތެއް ބައިވެރިކުރުމުގެ ފުރުސަތު މިމިނިސްޓްރީއަށްވަނީ ލިބިފައެވެ. މި ޓްރެއިނިންގ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ މިމިނިސްޓްރީއިން ހިންގާ 'އެޗްސީއެފްސީ ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް' ހިންގުމުގައި ޕްރެކްޓިކަލް ސެޝަންތައް ނަންގަވާ ދެއްވައި ޓެކްނިކަލް އެޑްވައިޒް ދެއްވާނެ 'މާސްޓަރ ޓްރެއިނަރ' އިން ތަމްރީނުކުރުމެވެ. މި ވޯކްޝޮފްގައި ރޫމް އެއަރ ކަންޑިޝަނިންގ ދާއިރާގައި ބޭނުން ކުރާ R290 ގޭސް އާ ގުޅޭގޮތުންނާއި އެފަދަ ތަކެތި ސާރވިސް ކުރާނޭގޮތުގެ ޓެކްނިކަލް މައުލޫމާތު ބައިވެރިންނާ ހިއްސާކުރެވޭނެއެވެ.

ވީމާ، މި ވޯކްޝޮޕްގައި ގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން އެފަރާތްތަކުގެ ވަނަވަރު (ތިރީގައިވާ މައުލޫމާތުތައް އެނގޭނެހެން) ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވާ ދެއްވުން އެދެމެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގެ ދަށުން ހުރުމާއި ކެއުން ދިނުމަށް ހަމަޖެހިފައިވަނީ ޓްރެއިނިންގ ޕްރޮގްރާމް އިމްތިޒާމްކުރާ ފަރާތުންނެވެ. ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީއިންނެވެ.

 

ވޯކްޝޮޕްއަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

30%

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާ ނުވަތަ އެއާ ގުޅުން ހުރި ދާއިރާ އަކުން ދަށް ވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

20%

މި މިނިސްޓްރީއިން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެފައިވާ މިންވަރު

20%

މިދާޢިރާގައި މަސައްކަތްކުރާތާ ވީ އަހަރު

30%

މިމިނިސްޓްރީއިން މިހާރު ކުރިއަށްދާ އެޗްސީއެފްސީ ފޭސްއައުޓް ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ކޮށްފައިވާ މަސައްކަތްތައް ނުވަތަ އެލަނޑުދަނޑި ހާސިލްކުރުމަށްޓަކައި އެމީހަކު އުޅޭ ކުންފުނިން ނުވަތަ އަމިއްލަ އަށް ކޮށްފައިވާ މަސައްކަތްތައް

 

 

 އިތުރުމައުލޫމާތު:

ފޯން: 3018369، 3018368

އީމެއިލް: [email protected]

 

05 އޮކްޓޫބަރު 2017
ހޯދާ