މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިއުލާން

ވަޒީފާގެ ފުރުސަތު: އެސިސްޓަންޓް މެނޭޖަރ/ބިޒްނަސް ޑިވެލޮޕްމަންޓް

އެސިސްޓަންޓް މެނޭޖަރ/ބިޒްނަސް ޑިވެލޮޕްމަންޓް

މަޤާމް

އެސިސްޓަންޓް މެނޭޖަރ

ކްލެސިފިކޭޝަން

މަހަކު 10,200އާއި 11,800ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

-      ލިވިންގް އެލަވަންސް: މަހަކު 3000 ރުފިޔާ

-      އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ކޯޕަރޭޓް މެނޭޖްމަންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި މާރކެޓިންގް/ކޮމިއުނިކޭޝަންސް/ޕަބްލިކް ރިލޭޝަންސް/ބިޒްނަސް ޑިވެލޮޕްމަންޓްއާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން، އަދި މާރކެޓިންގް/ކޮމިއުނިކޭޝަންސް/ޕަބްލިކް ރިލޭޝަންސް/ބިޒްނަސް ޑިވެލޮޕްމަންޓްއާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، 

މަޤާމުގެ ޝަރުތުތައް

ޕޮޓެންޝަލް ކްލައިންޓްސް ފާހަގަކޮށް ވިޔަފާރީގެ އުސޫލުތައް ކަޑައެޅުން.

ކުންފުންޏަށް މުހިންމު ފަރާތްތަކުގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް އެކި ފަރާތްތަކާއި ބައްދަލުވުން ހަމަޖެއްސުން.

އެކިއެކި ކުންފުނިތަކުގެ އިސްވެރިންނާއި ބައްދަލުކުރުން.

ކުންފުންޏަށް ލިބެންހުރި ވިޔަފާރި ފުރުސަތުތަކާއި ގުޅޭގޮތުން ދިރާސާކުރުން.

ކުންފުންޏަށް ފައިދާ ކުރަނިވި ތަޞައްވަރެއް ގާއިމްކުރުމުގެ މަސައްކަތްކުރުން.

ބިޒްނަސް ޕްރޮޕޯސަލްސް ތައްޔާރުކުރުން.

ކުންފުންޏަށް ލިބެންހުރި އައު ވިޔަފާރި ފުރުސަތުތައް ދިރާސާކޮށް މެނޭޖްމަންޓަށް ހުށައެޅުން

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން

ކުންފުންޏާއި ގުޅުންހުރި އިވެންޓް، ޖަލްސާ އަދި ކޮންފެރެންސްތަކަށް ދިއުމާއި، ކްރިއޭޓިވް އަދި މާރކެޓް ޓްރެންޑްސް ދެނެގަނެ މެނޭޖްމަންޓާއި ޙިއްސާކުރުން.

ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން އައު ކެމްޕެއިންސް އަދި ޙިދުމަތްތައް ދިރާސާކޮށް އެފަދަ ފުރުސަތު ހޯދުން.

ކުންފުންޏަށް ބިޒްނަސް ސްޓްރެޓީޖިކް ޕްލޭންއެއް ތައްޔާރުކުރުން،އަދި ކުންފުނިން ރެވެނިއު ޖެނެރޭޓްކުރުމަށް ޕްލޭން ކުރާ ހަރަކާތްތަކުގެ އިންކަމް ފޯކާސްޓް ނުވަތަ އިންކަމް ޕްރޮޖެކްޝަންސް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މާރކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕީއާރު ސްޓްރެޓަޖީއެއް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

ޑިޕާރޓްމަންޓްގެ ޕްރޮޖެކްޓްތައް ކަޑައެޅިފައިވާ އުސޫލާއި ބަޖެޓުގެ ތެރެއިން ޑެލިވަރކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

ކޯޕަރޭޝަންގެ އެނުއަލް ރިޕޯޓް، ސޯޝަލް މީޑިއާ އަދި ވެބްސައިޓް މެނޭޖްކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން

މީޑިއާ ބަޔާން އަދި ޕްރެސް ރިލީސްތައް ކުންފުނީގެ ސްޓްރޯންގް ޕްސިޝަނިންގްއެއް ހިމެނޭފަދައިން ތައްޔާރުކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް  އެހީތެރިވެދިނުން.

އިންޓަރނަލް އަދި އެކްސްޓަރނަލް ކޯޕަރޭޓް ކޮމިއުނިކޭޝަންސް ތައްޔާރުކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

ކޯޕަރޭޝަންގެ ވިޔަފާރި މޮޑެލްއަށް ސީ.އެސް.އާރް އިންޓަގްރޭޓްކުރުމުގައި ޑިޕާރޓްމަންޓްގެ ހެޑް އަށް އެހީތެރިވެދިނުން.

ސީ.އެސް.އާރް ސްޓްރެޓަޖީއެއް ޤާއިމްކޮށް އިންޓަރނަލް އަދި އެކސްޓަރނަލް ސްޓޭކްހޯލްޑަރުންނަށް ލަފާދިނުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރން

ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު

މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު

ފަންނީ ޤާބިލްކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)

ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.

ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

11 އޮކްޓޫބަރު 2017 ވާ ބުދަ ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު 0015:އަށް) ގުޅާނީ، 3336725ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

15 މުޙައްރަމް 1439

05އޮކްޓޫބަރު 2017

 

 

05 އޮކްޓޫބަރު 2017
ހޯދާ