މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މެއިންޓެނަންސް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ނަންބަރު: 216-MPAO/I/2017/26

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މެއިންޓެނަންސް މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

 

މި އޮފީހުގަ ކުރަންޖެހިފައިވާ މެއިންޓެނަންސް މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން މިއޮފީހުން ކޮށްފައިވާ ނަންބަރު 216-MPAO/I/2017/23 (14 ސެޕްޓެމްބަރު 2017) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

މި އޮފީހުގަ ކުރަންޖެހިފައިވާ، ތިރީގައި މިދަންނަވާ މެއިންޓެނަންސް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

ކުރަންޖެހިފައިވާ ބައެއް މަސައްކަތްތައް:

 

  • ·       މިއޮފީހުންދޭ ކުރެހުމާ އެއްގޮތަށް ކަބަޑުސެޓު ޖަހައިދިނުން
  • ·       ކަރަންޓް ވައިރުކުރުން
  • ·       މިއޮފީހުންދޭ ނަމޫނާއާ އެއްގޮތަށް ސްޓިކާރ ތަތްކުރުން
  • އެލުމިނިއަމް ދޮރެއް ހަދައި ހަރުކޮށްދިނުން

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 12 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު(

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 19 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޢުމަރު ޝޮފިންގ އާކޭޑް، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

 

05 އޮކްޓޫބަރު 2017 މ

15 މުޙައްރަމް 1439 ހ

05 އޮކްޓޫބަރު 2017
ހޯދާ