އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުށީގައި ނެޓްބޯޅަ ކޯޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން

                          އިޢްލާން

އދ. ފެންފުށީގައި ނެޓްބޯޅަ ކޯޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން

            އދ. ފެންފުށީ ނެޓްބޯޅަ ކޯޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 އޮކްޓޫބަރު 2017ވާ ބުރާސްފަތި ދުވަހުގެ 13:00ށް އދ.ފެންފުށީ ކައުންސިލް އިދާރާގެ މީޓިންގް ރޫމަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 19 އޮކްޓޫބަރް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00ށް މިކައުންސިލް އިދާރާގެ މީޓިންގް ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވެވީމެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރުމަށް ބޭފުޅަކު ވަޑައިގަންނަވާނަމަ ކުންފުނީ ބޭފުޅެއްކަން ބަޔާންކުރާ ސިޓީއަކާއިއެކު ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު އައިޑީކާޑު ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމަވެ. މައުލޫމާތު ސީޓު ވިއްކުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ކޮންމެ ފަރާތަކުން -/200 ރ (ދުއިސައްތަ ރުފިޔާ)،އަށެވެ

                  ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

04 އޮކްޓޫބަރު 2017
ހޯދާ