މާވަށު ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

މާވަށު ސްކޫލްގެ އިޢުލާން ނަންބަރ GS-49/IU/2017/06 އިޢުލާން ބާޠިލްކޮށް އަލުން އެސިސްޓެންޓް ފޯމަންގެ މަޤާމަށް އިޢުލާން ކުރަމެވެ.

 

 

ތާރީޚް:04  އޮކްޓޯބަރ 2017                                   ނަންބަރު:GS-49/IU/2017/07

ވަޒީފާގެ ފުރުޞަތު

މަޤާމް:                     އެސިސްޓެންޓް ފޯމަން

މަޤާމްގެ ނަންބަރ:              J 129508

ބޭނުންވާ އަދަދު:               1

މަޤާމްގެ ގިންތި :              ދާއިމީ

މަޤާމްގެ ރޭންކް:               އެސް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން:         ސަޕޯޓް ސްޓާރފް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :   އެޑްމިން

މަޤާމް އޮތް އޮފީސް:            މާވަށު ސްކޫލް /ލ.މާވަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން:       މާވަށުސްކޫލް / ލ.މާވަށް

މުސާރަ:                    މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:           މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތް ތައް :

     1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން  ބޭސްފަރުވާގެ ޚިދުމަތް

     2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

     3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ.

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-         ސާފުކުރުވުމަށް ޙަވާލު ކުރެވިފައިވާ ޢިމާރާތްތަކުގެ ތަޅުންގަނޑާއި ޑެސްކާއި ގޮނޑި އަދި މޭޒު ފަދަ ތަކެތި  ދުވާލަކު މަދުވެގެން 1 ފަހަރު ރަނގަޅަށް ފޮޅާ ސާފްކުރުވައި ތަށިމުށި ޖަޙާފައިވާ ތަންތަނުގައި މޮޕް އެޅުވުން

-         ސާފްކުރުވުމަށް ޙަވާލު ކުރެވިފައިވާ ފާޚާނާތައް، ސާފުފަދަ ތަކެތި ބޭނުންކޮށްގެން ދުވާލަކު މަދުވެގެން 1 ފަހަރު ރަނގަޅަށް ސާފުކުރުވުން.

-         ގޯތި ތެރެއިން ކުނި ކެހުމަށް ޚާއްޞަކުރެވިފައިވާ ބައިން ދުވާލަކު މަދުވެގެން 1 ފަހަރު ކުނި ނަގުވައި ރަނގަޅަށް ސާފްކޮށް ބެލެހެއްޓުން.

-         ސްކޫލްގައި ބާއްވާ ޖަލްސާތަކާއި  ބައްދަލުވުންފަދަކަންތަކަށް ތައްޔާރުކުރުމުގެ ގޮތުން އެކަންތައް ހިންގާ ފަރާތްތަކުން އެދިއްޖެ ހިނދެއްގައި ގޮނޑި،ޑެސްކު ފަދަ ތަކެތި އެތުރުން ފަދަ ކަންތަޢް އެފަރާތަކުން އެދޭގޮތަކަށް  ކަނޑައަޅާ ވަގުތެއްގެ ތެރޭގައި ކުރުވުން.

-         ސާފްކުރުވުމަށް ޙަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރު،ކުޑަދޮރު ފަންކާފަދަ ތަކެތި މަދުވެގެން  މަހަކު 2 ފަހަރު ރަނގަޅަށް ސާފުކުރުވުން.

-          ސްކޫލްގެ މަގާއި ގޯތިތެރެ އަދި އެނެކްސްގައި ކޮންމެހެން ހުންނަންޖެހޭ ވިނަފިޔަވައި އެހެނިހެން ވިނަނޮޅާ ސާފުކުރުވުމާ އަދި  ޙަވާލުކޮށްފައިވާ ބައި ކުދިގަސް ފިލުވައި އަބަދުވެސް ސާފުކުރުވައި ބެލެހެއްޓުން.

-         ސްކޫލްގެ ފުރާޅު، ދިޔަދޮވި އަދި ފެންތާނގީފަދަ ތަންތަން ސާފުކުރުވާ ބެލެހެއްޓުން.

-         ސްކޫލް މަސައްކަތު މީހުންލައްވާ ސްކޫލުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުވުން.

-         ސްކޫލް މަސައްކަތުމީހުންގެ މަސައްކަތް ސްޕަވައިޒް ކުރުން

-         އަދި މީގެއިތުރުން ސްކޫލްގެވެރިންއަންގަވާ ސްކޫލުގެ ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން،ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

 

މަޤާމުގެ ޝަރުތުތައް:

1-    މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ   

2-    މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް / ސަނަދެއް ޙާސިލް ކޮއްފައިވުން. 

 ވަޒާފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-         ޙާސިލްކޮށްފައިވާ ތަޢުލީމާއި،ތަމްރީން ލިބިފައިވާ މިންވަރު.

-         މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު

-         މަސައްކަތުގެ ހުނަރާއި،ފެންވަރާއި،ޤާބިލްކަމާއި ސިފަތައް.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް  އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް،އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވަ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ 

     (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންހިންގާ މަތީތަޢުލީމްދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕޮރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  2.  ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. (ހ) ސިވިލްސަރވިސްއިން ބޭރު ވޒީފާއެއް އަދާކޮށްފައިވާނަމަ،އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިއުޓެއްގެ ނުވަތ އަމިއްލަ އިދާރާއެއްގައި ވަޒިފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ  މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާލިޔުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މާވަށުސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސްގެ ވެބްސައިޓުން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮކްޓޯބަރ 16 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މާވަށުސްކޫލް ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް   ބަލައިގަނެވޭނެ އެވެ. 

އީ.މެއިލް އެޑްރެހަކީ:[email protected] އެވެ..އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭތަކެތި ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2017 އޮކްޓޯބަރ 17 ވަނަ ދުވަހު މާވަށުސްކޫލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްގައި އިންޓަރވިއު އަށް ޙާޒިރުވުމަށް ތައްޔާރުވެގެންތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:  

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލާ، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ 10 ފަރާތްތައް ބަލާ ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފއިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭޖުމްލަ އިންސައްތަ އަކީ %25 އެވެ.

އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6800010 ނަންބަރ ފޯނާއެވެ.   އީ- މެއިލް ކުރާނީ  [email protected] އަށެވެ.

 14 މުޙައްރަމް 1439

04 އޮކްޓޯބަރ 2017

04 އޮކްޓޫބަރު 2017
ހޯދާ