ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2017/441
ވަޒީފާގެ ފުރުޞަތު
ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
އޮފިސަރ |
މަޤާމް: |
(1) އެކެއް |
ބޭނުންވާ އަދަދު: |
ލީގަލް އެފެއާރޒް ޑިޕާރޓްމަންޓް / އިންވެސްޓިގޭޝަން ޔުނިޓް |
ޑިޕާޓްމަންޓް/ ސެކްޝަން: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ 30% |
ސަރވިސް އެލަވަންސް: |
މުސާރައިގެ 20% |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ 50% |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ (ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) މި ކުންފުންޏާއި މި ކުންފުނީގެ ބްރާންޗްތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކާއި ގުޅޭ މައްސަލައެއް ލީގަލް އެފެއާޒް ޑިޕާޓްމަންޓުގެ އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅިއްޖެނަމަ، އެމައްސަލަ ތަހުޤީގު ކުރުމަށްޓަކައި ހޯދަންޖެހޭ އެންމެހައި މަޢުލޫމާތުތައް ހޯދުމާއި ތަހުޤީޤުތަކަށް ތައްޔާރުވުން.
(ށ) ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން ޔުނިޓުން ކުރަންޖެހޭ ތަޙުޤީޤުތަކުގައި އެތަނަކަށް ޙާޞިރުވެގެން ހޯދަންޖެހޭ މަޢުލޫމާތުތަކާއި ކުރަންޖެހޭ ތަހުޤީގުތަކުގައި އެތަނަކަށް ގޮސްގެން ތަހުޤީގުގެ މަސައްކަތް ކުރުން.
(ނ) މި ކުންފުންޏާއި މިކުންފުނީގެ ދަށުން ހިންގަމުންގެންދާ ޔޫޓިލިޓީސް ކުންފުނިތަކުގެ މުވައްޒަފުންގެ މައްސަލަތަކާއި އަދި މިނޫންވެސް މައްސަލަތަކުގައި ކުރެވޭ އެންމެހައި ތަހުޤީގުތަކުގެ އިދާރީ މަސައްކަތް ލީގަލް ޑިޕާޓްމަންޓްގެ އިސްވެރިންގެ މަޝްވަރާޔާއެކު، ދަށުން މަސައްކަތްކުރާ މުވައްޒަފުންނާއި ޙަވާލުކޮށްގެން ކުރުން.
(ރ) ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން ޔުނިޓުން ކުރާ ތަހުޤީޤު ރިޕޯޓްތައް ތައްޔާރުކުރުން.
(ބ)މިކުންފުންޏާއި މިކުންފުނީގެ ދަށުން ހިންގަމުންގެންދާ ޔޫޓިލިޓީސް ކުންފުނީގެ ޤާނޫނީ މައްސަލަތައް ބަލާ ދިރާސާކުރުމާއި އަދި ޝަރުޢީ ކޯޓްތަކަށާއި ޓްރައިބިއުނަލްއަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ލިޔެކިއުން ތައްޔާރުކޮށް ހުށަހެޅުމުގައި އަދި ހުށަހެޅިފައިހުރި މައްސަލަތަކުގައި ކުންފުނީގެ ވަކީލަށް އަދި (ލީގަލް ސާރވިސް) އަށް ހުރިހާގޮތަކުން އެހީތެރިވެދިނުން.
(ށ) އެވަގުތެއްގައި ކުންފުންޏަށް ދިމާވާ އެންމެހައި ކަންކަމުގައި ކުންފުނިން އަންގާ ގޮތެއްގެ މަތީން މަސައްކަތް ކުރުން. |
މަސްޢޫލިއްޔަތު ތައް: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 15:00 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮކްޓޯބަރ 2017 އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
14 މުޙައްރަމް 1439
04 އޮކްޓޯބަރ 2017