ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ޤާއިމު ކޮށްފައިވާ ފިއުލް ޝެޑް، އިތުރަށް ތަރައްޤީކޮށް ބޮޑު ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                        

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ގދ. ތިނަދޫގައި ޤާއިމު ކޮށްފައިވާ ފިއުލް ޝެޑް، އިތުރަށް ތަރައްޤީކޮށް ބޮޑު ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް (މައިގަނޑު ގޮތެއްގައި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް) ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 19 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331457 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

04 އޮކްޓޯބަރ 2017

04 އޮކްޓޫބަރު 2017
ހޯދާ