ދިވެހިރާއްޖެ
ފިކްސްޑް އެސެޓްތަކުގެ ވެލުއޭޝަން ހައްދަވައި ދެއްވާނެ ފަރާތެއް ހޯދުން
މިކުންފުނީގެ ފިކްސްޑް އެސެޓްތަކުގެ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު ADMHR-MPL/2017/176 (17 ސެޕްޓެމްބަރ 2017) އިޢުލާން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 އޮކްޓޯބަރ 2017ވާ އަންގާރަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 16 އޮކްޓޯބަރ 2017ވާ ހޯމަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.