ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2017/77

ތާރީޚް:  01 އޮކްޓޯބަރ 2017

މަޤާމު

 އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

ޢަދަދު

 2

މަސައްކަތްކުރަންޖެހޭ ތަން

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/9,412 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %65

- ސަރވިސް އެލަވަންސް: -/3,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާ އެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލު ކޮށްފައި ވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަށް ކުރުމަށް ބޭނުންވާ ޤާނޫނީ އަދި ޝަރުޢީ ލަފާ ދިނުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މީޑިއާ އެންޑް ޕަބްލިކޭޝަންސް ސެކްޝަނުން ތައްޔާރު ކޮށް، ހިންގާ ހޭލުންތެރި ކުރުމުގެ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ޤާނޫނީ މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް ކުރުމާއި އަދި ޝަރުޢީ ދާއިރާއާއިމެދު ޢާންމުން ހޭލުންތެރިކުރުމަށް ހިންގޭ އެކި އެކި ރެޑީއޯ އަދި ޓީވީ ޕްރޮގްރާމްތަކުގެ ކޮންޓެންޓް ތައްޔާރުކުރުމާއި، ޕްރޮގްރާމްތަށް ހުށަހެޅުން.
  • ޖުޑީޝަލް އެޑްމިނިސްޓްރޭޝަރަށާއި އަދި މިޑިޕާޓްމަންޓުގެ އެކި އެކި ކޮމިޓީތަކަށާއި، ހިންގޭ އެކިއެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޤާނޫނީ އަދި ޝަރުއީ ލަފާ ދިނުމާއި، މިޑިޕާޓްމަންޓުން އެކިއެކި ފަރާތްތަކާ އެކު ވާ އެއްބަސްވުންތައް ތައްޔާރުކޮށް ޗެކްކުރުން.
  • ޝަރުޢީދާއިރާގެ ފަރާތުން މީޑިއާއަށް ޢާންމުކުރަންޖެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި، ނޫސް ބަޔާންތަކާއި ރިޕޯޓްތަށް ތައްޔާރުކުރުމާއި، ރޭޑިޔޯއާއި، ޓީވީ ޕްރޮގްރާމްތައް ހުށަހެޅުމުގެ ޤާބިލުކަންހުރުން.
  • ޝަރުޢީދާޢިރާއިން ތައްޔާރުކުރަންޖެހޭ ޢާންމުސިޓީތަކާ، ސަރކިއުލަރތަކާއި، އުޞޫލުތަކާއި، ޤަވާޢިދުތައް ޑްރާފްޓްކުރުމާއި، ދިވެހިބަހާއި، އިނގިރޭސިބަހުން ސްޕީޗްތައް ތައްޔާރުކުރުން.   
  • ޝަރުޢީދާއިރާއާގުޅޭގޮތުން، މީޑިޔާތަކުގައާއި، ދައުލަތުގެ އެކިމުއައްސަސާތަކުން ޢާންމުކުރާ ޚަބަރުތަކާގުޅިގެން ދާއިރާއިން އަޅަންޖެހޭ ފިޔަވަޅުތައް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން އެޅުން.
  • ޝަރުޢީދާއިރާގެ ތާރީޚާއި ދާއިރާގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ތާރީޚީ ފޮތްތައް ތައްޔާރުކޮށް ފޮޓޯތަކާއި ލިޔުންތައް ވީޑިޔޯތައް އެއްކޮށް ރައްކާތެރިކޮށް ބެލެހެއްޓުން
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަސްމެއްގެ ގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް ކުރިޔަށް ދާއިރު، އެ މައްސަލައިގައި ޑިޕާޓްމަންޓް ތަމްސީލު ކޮށް، އެކުލަވާލަންޖެހޭ ރިޕޯޓްތަށް އެކުލަވާލާ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ޝަރުޢީދާއިރާއިން ހިންގޭ އެކި އެކި އެކި ޕްރޮގްރާމްތަކާ އިވެންޓްތަށް އިންތިޒާމްކުރުމާއި އަދި އެކަމާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ތައްޔާރުކޮށް ވެބްސައިޓަށް އަޕްލޯޑްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޤާނޫނީ ވަކީލުން ހުވާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހޭ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • މޯލްޑިވްސް ޖުޑީޝަލް އެކަޑަމީއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގުޅިގެން ހިންގޭ އެކި އެކި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމުގެ ޤާބިލުކަންހުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

 09 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ކުރާ ފަރާތެއް ކަމުގައިވުން.
  • ޕްރެޒެންޓޭޝަން ސްކިލްސް ނުވަތަ ހުނަރު ލިބިފައިވާ ފަރާތަލކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި ހިންގުމުގެ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • މީޑިއާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަންހުރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
01 އޮކްޓޫބަރު 2017
ހޯދާ