މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ (29 އޮގަސްޓް 2017) ނިންމެވުމާއި އެއްގޮތަށް ކުންފުނީގެ ޙިއްޞާގެ މޫނުމަތީ އަގު، 50 (ފަންސާސް) ރުފިޔާއިން 5 (ފަހެއް) ރުފިޔާއަށް ދަށްކޮށް، ކޮންމެ 1 (އެކެއް) ޙިއްޞާއެއް، 10 (ދިހައެއް) ޙިއްޞާ، އަށް ބަަދަލުކުރެވިފައިވާ ވާހަކަ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީގައި އެކައުންޓް ހުޅުވާފައިވާ އެމްޓީސީސީގެ ޙިއްޞާދާރުންގެ އެކައުންޓްގައިވާ ޙިއްޞާގެ އަދަދަށްވެސް މިބަދަލުވަނީ ގެނެވިފައެވެ.

ޙިއްޞާގެ މޫނުމަތީ އަގު، 50 (ފަންސާސް) ރުފިޔާއިން 5 (ފަހެއް) ރުފިޔާއަށް ދަށްކޮށް، ކޮންމެ 1 (އެކެއް) ޙިއްޞާއެއް، 10 (ދިހައެއް) ޙިއްޞާ، އަށް ބަދަލުކޮށް އެގޮތުގެ މަތިން ޙިއްޞާ އެލޮޓްކުރެވިފައިވާކަމުގެ ސިޓީ ބޭނުންފުޅުވާ ފަރާތްތަކަށް، އެދިވަޑައިގަތުމުން ދޫކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

01 އޮކްޓޫބަރު 2017
ހޯދާ