މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލްތަކަށް ޑެސްކް ޖަހަން ބޭނުންވެއްޖެ

ނަންބަރު: 57(IUL)22-G/22/2017/

 

 

އިޢުލާން

 

 

ސްކޫލްތަކަށް ޑެސްކް ޖަހަން ބޭނުންވެއްޖެ

މިމިނިސްޓްރީގެ ފަރާތުން ޢިމާރާތް ކުރަމުންދާ ބައެއް ސްކޫލްތަކަށް ބޭނުންވާ ޑެސްކު ޖެހުމުގެ މަސައްކަތް ކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ  މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޤާޒީ ބިލްޑިން ގްރައުންޑް ފްލޯ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

04 އޮކްޓޫބަރު 2017  ވާ ބުދަ ދުވަހު  11:00އަށް

11 އޮކްޓޫބަރު 2017  ވާ ބުދަ ދުވަހުގެ 11:00އަށް

 

 މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341126ނަމްބަރ ފޯނާއެވެ.

 

 

 

28 ސެޕްޓެންބަރު 2017
ހޯދާ