އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރުމާއި އަޕްޑޭޓް ކުރުން

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަމްބަރު: 7/2010 ގެ 24 ވަނަ މާއްދާގެ (ހހ) ގައި ވާގޮތުން ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުކީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އަދި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދު، ޤަވާޢިދު ނަމްބަރު: 2011/R-22 ގެ 24 ވަނަ މާއްދާގެ (ހ) ގައިވާގޮތުންވެސް ބިދޭސީންގެ ދަފްތަރެއް ރަށު ކައުންސިލްގައި އޮންނަންޖެހެއެވެ. އަދި މި މައްދާގެ (ށ) ގައިވާގޮތުން ތަފާތު މަސައްކަތްތަކަށް ގެންނަ ބިދޭސީން މި ދެންނެވި ދަފްތަރުގައި ރަޖިސްޓްރީ ކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާދޭ ފަރާތުގެ ކަމެކެވެ. އަދި ހަމަ އެހެންމެ މި ޤަވާޢިދުގެ 24 ވަނަ މާއްދަގެ (ނ) ގައިވާ ގޮތުން މަސައްކަތަށް ގެންނަ ބިދޭސީމީހާ އެއްވެސް ސަބަބަކާހުރެ ރަށުން ފޮނުވާލައިފިނަމަ އެކަން ކައުންސިލަށް އަންގައި ކައުންސިލްގައިވާ ބިދޭސީންގެ ދަފްތަރުން އުނިކުރަންޖެހެއެވެ.

އެކިއެކި މަސައްކަތްތައް ކުރުމަށް ގެންނަ ބިދޭސީން، ރަށުކައުންސިލްގައިވާ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ނުކޮށް މަސައްކަތް ކުރުވުމަކީ މަނާކަމެކެވެ.

އެކިއެކި މަސައްކަތްތައް ކުރުމަށް މިރަށަށް ގެންނަ ބިދޭސީން މި އިދާރާގައިވާ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށާއި، ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީނަށް އަންނަ ބަދަލުތައް އެންގުމަށް ތަކުރާރުކޮށް އިޢުލާނު ކުރެވިފައިވާނެއެވެ. ނަމަވެސް އެކިއެކި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީން ރަޖިސްޓްރީ ކުރަމުން ގެންދަވަނީ ވަރަށް މަދުފަރާތަކުން މަދު ފަހަރަކުކަން ފާގަ ކުރަމެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީންނަށް އަންނަ ބަދަލުތައް އެއްގޮތަކަށްވެސް އަންގަމުން ނުދާކަންވެސް ފާހަގަ ކުރަމެވެ.

އެކިއެކި މަސައްކަތްތައް ކުރުމަށް ރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތަކީ، ސަރުކާރުގެ ބައެއް އިދާރާތަކަށް ބޭނުންވާ މަޢުލޫމާތަކަށް ވުމާއެކު، ބިދޭސިން ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާތީ، ރަށުގައިއުޅޭ ބިދޭސީންގެ ސައްޙަ މަޢުލޫމަތު މިދެންނެވި އިދާރާތަކަށް ހިއްސާކުރުމުގައި ވަރަށްބޮޑަށްދަތިވަމުންދެއެވެ.

ވީމާ، އެކިއެކި މަސައްކަތް ކުރުމަށް މި ރަށަށް ގެނައިސްފައިވާ ބިދޭސީން މި އިދާރާގައިވާ، ބިދޭސީންގެ ދަފްތަރުގައި، 2017 އޮކްޓޯބަރު 12 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

މި މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ބިދޭސީންގެ މަޢުލޫމާތާއި، ރަޖިސްޓްރީ ނުކޮށް ބިދޭސިންލައްވާ މަސައްކަތްކުރުވާ ފަރާތްތަކުގެ މަޢުލޫމާތު، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށާއި މޯލްޑިވްސް އިމިގްރޭޝަނަށް ފޮނުވުމާއެކު، ސަރުކާރުގެ ކަމާބެހޭ ފަރާރްތަކާ ގުޅިގެން މިދެންނެވި ފަދަ ބިދޭސީން ރަށުން ފޮނުވާލުމުގެ މަސައްކަތް ކުރާނެވާހަކަ އާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

27 ސެޕްޓެންބަރު 2017
ހޯދާ