އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޑޮމެސްޓިކް ޓަރމިނަލްގެ ފަސްޓް ފްލޯރގައި ކްރޫ ބްރީފިންގް ރޫމްއެއް ހަދާދޭނެ ފަރާތެއް ހޯދުމަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޑޮމެސްޓިކް ޓަރމިނަލްގެ ފަސްޓް ފްލޯރގައި ކްރޫ ބްރީފިންގް ރޫމް އެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 ވީމާ މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 5 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކުންފުނީގެ އީމެއިލް [email protected]އަށް އީމެއިލް ފޮނުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކަމާގުޅޭގޮތުން ހުށަހަޅުއްވާ ޕްރޮޕޯސލްތައް 17 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ [email protected]އަށް އީމެއިލްް ފޮނުއްވަމުން ގެންދެވުން އެދެމެވެ.

 ޕްރޮޕޯސަލްތައް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.

27 ސެޕްޓެންބަރު 2017
ހޯދާ