ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޯޓިސް ބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުން

ނޯޓިސް ބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުން

           

މިކައުންސިލުގެ ނަންބަރު:) (IUL)393/393/2017/37 19ސެޕްޓެންބަރު 2017) އިޢްލާނާ ގުޅިގެން އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެއިޢްލާން ބާޠިލުކޮށް އަލުން އިޢްލާން ކުރީމެވެ.

މިކައުންސިލުންދޭ ނަމޫނާއަކާ އެއްގޮތަށް ނޯޓިސް ބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މަސައްކަތުގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ -/7000 ( ހަތްހާސް ރުފިޔާ) އަށްވުރެ ބޮޑު ނޫން އަގެކެވެ.

      މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށް ދިނުން އޮންނާނީ  5 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ކުރީ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 09 އޮކްޓޫބަރު 2017 ވާ ހޯމަ ދުވަހުގެ މެންދުރު ކުރީ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމޫތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

 އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް

މަސައްކަތުގެ އަގަށް:      95%  )ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު × 95(

މުއްދަތަށް:            5%   )ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު × 05(

މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                 7  މުޙައްރަމް 1439

                 27  ސެޕްޓެންބަރު 2017

27 ސެޕްޓެންބަރު 2017
ހޯދާ