ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަކުޑި ފަރުނީޗަރުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުގެ ނަންބަރު:) (IUL)393/393/2017/35 19ސެޕްޓެންބަރު 2017) އިޢްލާނާ ގުޅިގެން އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެއިޢްލާން ބާޠިލުކޮށް އަލުން އިޢްލާން ކުރީމެވެ.

މިކައުންސިލުންދޭ ނަމޫނާއަކާ އެއްގޮތަށް ކޮންފަރެންސް މޭޒަކާއި ކަބަޑަކާއި އޮފީސް މޭޒުތަކެއް ޖަހުމާއި އަދި ޕޯޑިއަމެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މަސައްކަތުގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ -/15000 ( ފަނަރަހާސް ރުފިޔާ) އަށްވުރެ ބޮޑު ނޫން އަގެކެވެ.

      މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށް ދިނުން އޮންނާނީ  5 އޮކްޓޫބްރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ކުރީ 10:30 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 09 އޮކްޓޫބަރު 2017 ވާ ހޯމަ ދުވަހުގެ މެންދުރު ކުރީ 10:30 ގައި މިއިދާރާގައެވެ. މަޢުލޫމޫތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

 އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް

މަސައްކަތުގެ އަގަށް:      95%  )ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު × 95(

މުއްދަތަށް:            5%   )ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު × 05(

މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                  7 މުޙައްރަމް 1439

                  27  ސެޕްޓެންބަރު 2017

27 ސެޕްޓެންބަރު 2017
ހޯދާ