މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރެކްރޫޓް ކުރުމަށް 3 އެޖެންސީ ހޯދުން:

އިޢުލާން

ސަރުކާރުގެ ސްކޫލްތަކަށް 2018 ވަނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ރާއްޖެއިން ބޭރުން ގެނެސްދޭނެ 3 (ތިނެއް) އެޖެންސީ ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. މިބީލަމާގުޅޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާ އެވެ. ފައިސާ ބަލާގަތުމާއި ސީޑީ ދޫކުރުން އޮންނާނީ 01 އޮކްޓޫބަރު 2017 ން 05 އޮކްޓޯބަރު 2017 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 ން 12:00 ށް މިމިނިސްޓްރީގެ ފައިނޭންސް ޑިވިޜަން (ވެލާނާގެ 08 ވަނަ ފަންގިފިލާ) އިންނެވެ.
  2. ޕްރީ ބިޑް މީޓިންގ އޮންނާނީ 08 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓންގ ރޫމް 02 ގައެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 19 އޮކްޓޯބަރު 2017 ވަނަ ދުވަހުގެ 11:00 ގައި (ވެލާނާގެ 08 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 02 ގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރު ފޯނާއެވެ.

27 ސެޕްޓެންބަރު 2017
ހޯދާ