މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކަންނެލި ފޮށިތަކެއްގެ ވެރިފަރާތް ހޯދުމަށް

އިޢުލާނު

 

          މާލޭ ހުޅަނގުދެކުނުފަރާތު އެއްގަމުތޮށިމަތީގައި ބަހައްޓާފައިހުރި 5 ކަންނެލިފޮށި 12 ސެޕްޓެމްބަރ 2017 ވީ އަންގާރަދުވަހު މި މިނިސްޓްރީގެ ބެލުމުގެ ދަށަށްވަނީ ގެނެވިފައެވެ.  

          ވީމާ، މިކަންނެލިފޮށިތަކުގެ ވެރިފަރާތުން 5 (ފަހެއް) ދުވަހުގެ ތެރޭގައި މި މިނިސްޓްރީގެ ޢާއްމު ޚިދުމަތްތަކާބަހޭ ބަޔަށް ވަޑައިގެން، އެތަކެއްޗާއި ހަވާލުވުމަށް ދެންނެވީމެވެ. އަދި މިގޮތުގެ މަތިން ޢަމަލު ނުކުރައްވައިފިނަމަ، " މާލޭ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ޤަވާއިދު" ގެ 21 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިކަންނެލިފޮށިތަކާއި މެދު ޢަމަލުކުރެވޭނެކަމުގައި ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

          06 ރަޖަބު     1438  

          26 ސެޕްޓެމްބަރ 2017 

27 ސެޕްޓެންބަރު 2017
ހޯދާ