މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، މާލެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރުން

       ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޢާއިލާތަކަށް ޚާއްޞަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ޝަރުޠުހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ފައިނަލް ލިސްޓް ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.  

       ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެފަރާތެއްގެ އަދި އެފަރާތެއްގެ މައިންބަފައިންގެ އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯތިގެދޮރާ ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓް ކަމުގައި ދެންނެވީމެވެ.

       މި އިޢުލާނާ އެކުގައިވާ 2 ލިސްޓުގައި، އެއް ސުމާރު ނަންބަރެއްގައި 2 ފޯމް ނަންބަރު ޖަހާފައިވަނީ ދެމަފިރިންނަށް ލިބޭ ފްލެޓްތަކުގައެވެ. ދެމަފިރިން ހޮވިއްޖެނަމަ ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓެވެ.

26 ސެޕްޓެންބަރު 2017
ހޯދާ