މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭނުންކުރާނެ ގޮތުގެ އުޞޫލު ޢާންމުކުރުން

އިޢްލާން

ބަނދަރު ބޭނުންކުރާނެ ގޮތުގެ އުޞޫލު ޢާންމުކުރުން

                  މިރަށު ބަނދަރުގައި މީހުންނާއި، މުދާ އަރުވާ ބޭލުމަށް މި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދު ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ޢާންމު އުޞޫލު ތިރީގައި އެވަނީއެވެ. މި އުޞޫލަށް ޢަމަލުކުރާނީ " ށ. ފީވަކު ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު " ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވެންދެނެވެ.

1. މީހުންނާއި މުދާ އަރުވާ ބާލައި ސަރަޙައްދު ފާހަގަކުރުމަށް ބަނދަރުގެ އެއްގަމު ތޮށީގެ ދެކުނު ކޮޅުގައި ޖަހާފައިވާ ފާހަގައިން ފެށިގެން ދެކުނަށް ހިމެނޭ ސަރަޙައްދުގައި މީހުންނާއި މުދާ އަރުވާ ބޭލުން ފިޔަވާ އެހެން ބޭނުމަކު އުޅަނދުފަހަރު ބާއްވައިގެން ނުވާނެއެވެ.

2. މީހުންނާއި މުދާ އަރުވާ ބާލައި ވަގުތު ފިޔަވާ އެހެން ވަގުތެއްގައި އެއްގަމު ތޮށި ހުރަހަށް އުޅަނދުފަހަރު ބާއްވައިގެން ނުވާނެއެވެ. އަދި އެއްގަމު ތޮށި ހުރަހަށް އުޅަނދެއް ބާއްވާނަމަ، ކުއްލިއަކަށް ދިމާވާ ކަމަކާއި ގުޅިގެން އުޅަނދު ނަގަންޖެހުނު ކަމުގައިވިޔަސް އުޅަނދު ނެގޭވަރަށް މީހުން އުޅަނދުގައި އަބަދުވެސް ތިބެންވާނެއެވެ.

3. ބަނދަރުގައި ހުސްޖާގަ ނެތް ޙާލަތެއްގައި، މީހުންނާއި މުދާ އަރުވާ ބާލަން ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި ކައުންސިލްގެ ހުއްދަ ލިބެން އުޅަނދުފަހަރު ބޭއްވިދާނެއެވެ.

4. އުޅަނދުފަހަރަށް މުދާ އަރުވާ ބޭލުމުގެ ސަބަބުން ބަނދަރު ސަރަޙައްދަށް އެޅޭ ކުނިފަދަ ތަކެތި ނަގާ ސާފުކުރުމަކީ މަސައްކަތް ކުރުވި ފަރާތުގެ ޒިންމާއެކެވެ. އަދި ގިނަވެގެން 04 (ހަތަރު) ގަޑިއިރު ތެރޭގައި އެފަދަ ތަކެތި ނަގާ ސާފުކުރަންވާނެއެވެ.

5. އެއްވެސް އުޅަނދަކުން ތެޔޮފަދަ، އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްޗެއް ބަނދަރަށާއި، ފަޅަށް އަޅައިގެން ނުވާނެއެވެ.

6. އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާ ބާލައި ބަރުކުރުމުގެ ތެރޭގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ތޮށިގަނޑަށް ނުވަތަ ބަނދަރަށް ގެއްލުމެއް ވެއްޖެނަމަ، އެވީ ގެއްލުމެއް ބަލައި އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާއި ޙަވާލުވެފައިވާ ފަރާތަކާއި ށ. ފީވަކު ކައުންސިލާއި ދެމެދު އެއްބަސްވާ ގޮތެއްގެމަތިން އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާއި ޙަވާލުވެފައިވާ ފަރާތުން ޚަރަދުކޮށްގެން އެވީ ގެއްލުމެއް މަރާމާތުކޮށް ރަގަޅުކުރަންވާނެއެވެ.

7. ށ. ފީވަކު ބަނދަރު ބޭނުންކުރުމުގައި މި އުޞޫލާއި އެއްގޮތަށް ޢަމަލުކުރުމަށް މި ކައުންސިލުން އަންގާ ޢަމުރުކުރަމެވެ. އަދި މި އުޞޫލާއި އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނޫ) ގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އަންގަމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

26 ސެޕްޓެންބަރު 2017
ހޯދާ