އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ އިން ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ބިން ކުއްޔަސް ދޫކުރުމާއިބެހޭ

 

d

 

 

A.Dh.Dhidhoo, Republic of Maldives.

 

އދ.ދިއްދޫ ކައުންސިލްގެ އިދާރާ               Secretariat of the Dhidhoo Council ދިއްދޫ،ދިވެހިރާއްޖެ.

ނަންބަރ: IUL )-354/2017/08(                           ތާރީޚް: 26 ސެޕްޓެމްބަރ 2017

 

އިޢުލާނު

 

ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ބިޑު އުސޫލުން ކުއްޔައް ބިން ދޫކުރުމާއިބެހޭ

 

 

ފެރީޓާރމިނަލްގެ ހުޅަގުފަރާތު ހުސްބިމުން ޕެޓުރޯލާއި، ޑީސަލްވިއްކުމަށް 500 އަކަ ފޫޓުގެ 2 ބިން ކުއްޔައް ދޫކުރުމަށް މިއިދާރާއިން ކުރިންކޮއްފައިވާ ނަންބަރ IUL)-354/2017/07)މިޢިއުލާން  ގެޒެޓް ކުރެވިފައި ނުވާތީ މިޢިއުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ.  

      ވީމާ މިކަމަށް ސައުގުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިފައިގެން މި ކައުންސިލް އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. 2 ބިމަށް އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވަކި ވަކިންނެވެ.

      މިކަމަށް ބޭނުންވާ މައުލޫމަތު ޝީޓު މި އިޢުލާނާއި އެކު އެވަނީއެވެ.

      ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 މުޙައްރަމް  1439

26 ސެޕްޓެމްބަރ 2017

 

 

                                          ޙުސައިން ޔޫސުފް

                                      ކައުންސިލްގެ ރައީސް

 

 

 

 

d

 

 

A.Dh.Dhidhoo, Republic of Maldives.

 

އދ.ދިއްދޫ ކައުންސިލްގެ އިދާރާ               Secretariat of the Dhidhoo Council ދިއްދޫ،ދިވެހިރާއްޖެ.

 

 
   

 

ރަށުގެ ފެރީ ޓާރމިނަލުގެ ހުޅަނގު ފަރާތު ހުސްބިމުން ޕެޓްރޯލާއި، ޑީސަލް ވިއްކުމަށް 500 އަކަ ފޫޓުގެ 2 ބިން ބިޑު އުސޫލުން ކުއްޔައް ދޫކުރުމާއި ބެހޭ ގޮތުން ކުރި ނަންބަރ: (IUL)354/2017/08 ( 26.09.2017) އިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓު

 

އިޢުލާން ނަންބަރ:           8IUL-354/2017/0 ( 26 ސެޕްޓެމްބަރ 2017)

ބައްދަލުވުން ބޭއްވިތަން:       އދ.ދިއްދޫ ކައުންސިލްގެ އިދާރާ

ބިޑުހުށަހަޅާ ތާރީޚާއި ގަޑި:      02 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި

  1. ބިމުގެ ބޮޑުބިން           500 އަކަފޫޓު
  2. މުއްދަތު:               މަދުވެގެން 2 އަހަރު
  3. ޕެޓުރޯލާއި، ޑީސަލް ހުންނަންވާނީ ސަލާމަތާރަށްކާތެރި ކަމާއެކު ފުރިހަމަޔަށް ބަންދުކުރެވިފައެވެ.
  4. ޕެޓްރޯލާއި، ޑީސަލް ބަހައްޓަންވާނީ  5 ފޫޓު އުސް ކޮށް ބަންދުކުރެވިފައިވާ ތަނެއްގައެވެ.
  5. ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ހަދާ އިމާރާތުގެ އެތެރޭގައި އަލިފާން ނިވާ ފުޅިއެއް ބަހައްޓަން ޖެހޭނެއެވެ.
  6. ޕެޓްރޯލާއި، ޑިސަލް ވިއްކުމަށް ދޫކޮއްފައިވާ ބިމުގައި އެހެން އެހެން އެވެސް ބޭނުނެއް ނުކުރެވޭނެ އެވެ.
  7. ޕެޓްރޯލާއި، ޑިސަލް ދީފައިވާ ބިމުގެ ބޭރުގައި ޕެޓްރޯލާއި، ޑީސަލް ބެހެއްޓުމަކީ މަނާ ކަމެކެވެ.
  8. ޢިމާރާތުގެ ބޭރުގައި އަލިފާން ގެންގުޅުން މަނާ ކަމުގެ ލިޔުން ބަހައްޓާފައި ހުންނަން ޖެހޭނެއެވެ.
  9. އިމާރާތުގެ ބޭރުގައި މިއީ ކޮންތަނެއްކަން އަންގައިދޭ ލިޔުން ހަރުކޮށްފައި ހުންނަން ވާނެއެވެ.
  10. ބިޑުގެ އިވަލުއޭސަން މިންގަނޑަކީ އެންމެމަތީ އަގައް %75 ހުށަހަޅާ ޕްރޮޕޯސަލަށް %25 އެވެ.
  11. މި މައުލޫމާތު ޝީޓަކީ އެގުރިމެންޓް މާއްދާއެކެވެ.

07  މުޙައްރަމް  1439

26 ސެޕްޓެމްބަރ 2017

 

 

                                   ޙުސައިން ޔޫސުފް

                               ކައުންސިލްގެ ރައީސް

 

 

 



 

26 ސެޕްޓެންބަރު 2017
ހޯދާ