ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޞާބިރީން މިސްކިތުގައި ކުލަލުން

މަސްޖިދުލް ޞާބިރީން މިސްކިތުގައި ކުލަލުން:

 

                  މިރަށު މަސްޖިދުލް ޞާބިރީން މިސްކިތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)384-A/2017/55 (11 ސެޕްޓެމްބަރު 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޯބަރު 2017ވާ އާދިއްތަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 05 އޮކްޓޯބަރު 2017ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

              06 މުޙައްރަމް 1439   

              26 ސެޕްޓެމްބަރ 2017

26 ސެޕްޓެންބަރު 2017
ހޯދާ