ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިން ގަންނަން ބޭނުންވެއްޖެ

އިޢުލާން

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ފޮޓޯކޮޕީ މެޝިން ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރ  MNU-CA-FNP/2017/035 އަށް 3 ފަރާތުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 12:00އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ތަޖުރިބާ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމަށްޓަކާ އިސްވެ ދެންނެވުނު ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައި ނުގަންނާނެ ވާހަކަ ދަންނަވަމެވެ. 

                           05  މުހައްރަމް 1439

                           25 ސެޕްޓެމްބަރ 2017

 

ނޯޓް: މައުލޫމާތު ޝީޓް އެޓޭޗްކޮށްފައި

25 ސެޕްޓެންބަރު 2017
ހޯދާ